Roadha Mihaaru
ޕޮގްބާ އަނެއްކާވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް

ޕޮގްބާ އަނެއްކާ ވެސް ހިލޭ ޓްރާންސްފާގައި ޔުވެންޓަސް އަށް

24 ޖޫން 2022

ޓިއުރިން (ޖޫން 24) - ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ދެވަނަ ފަހަރަށް ހިލޭ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވުމަކަށް އާދެވިފައި ވާކަން ހާމަވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (ޖޫން 24) - ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ދެވަނަ ފަހަރަށް ހިލޭ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވުމަކަށް އާދެވިފައި ވާކަން ހާމަވެއްޖެ އެވެ.

ޔުވެންޓަސް އާއެކު މެޑިކަލް ފުރިހަމަކޮށް، އެއްބަސްވުމުގައި ސޮއިކުރުން ޖުލައި މަހުގެ ކުރީކޮޅަށް ހަމަޖެހިފައި ވާކަން އިޓަލީގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓް ކޮށްފައި ވާއިރު، ޕޮގްބާ ހޯދަން މެންޗެސްޓާ ސިޓީ އިން ވެސް މަސައްކަތް ކުރި ކަމަށް އޭނާ ބުނެ އެވެ.

މެންޗެސްޓާ ސިޓީގެ އިތުރުން ފްރާންސްގެ ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރުކަމުގައި ލިއޮނާޑޯ އަރައުހޯ ހުރި އިރު ޕީއެސްޖީން ވެސް ޕޮގްބާ ހޯދަން މަސައްކަތް ކުރި އެވެ. ނަމަވެސް ޔުނައިޓެޑާ އެކު ކޮންޓްރެކްޓް އާކުރަން އެއްބަސްވުމަކަށް ނާދެވުނު ޕޮގްބާ އިހްތިޔާރުކުރީ އެނބުރި އިޓަލީއަށް ދާށެވެ. ޔުނައިޓެޑުން ވެސް ވަނީ މިމަހުގެ އެއްވަނަ ދުވަހު، ޕޮގްބާ އަންނަ ސީޒަނުގައި ޔުނައިޓެޑުން ނުފެންނާނެ ކަމަށް ބުނެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ އެކު މިސީޒަނުގައި ކުޅުނު މެޗަކަށް ފަހު ޕޮގްބާ، މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކުޅުނު 27 މެޗުގައި ޖެހުނީ އެންމެ ލަނޑެއް، އެއީ ލީގުގައި ބާންލީ ކޮޅަށް ޖެހި ލަނޑެއް.-- ފޮޓޯ: އޭޕީ

މެންޗެސްޓާ ޔުނައިޓެޑާ އެކު މިސީޒަނުގައި ކުޅުނު މެޗަކަށް ފަހު ޕޮގްބާ، މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކުޅުނު 27 މެޗުގައި ޖެހުނީ އެންމެ ލަނޑެއް، އެއީ ލީގުގައި ބާންލީ ކޮޅަށް ޖެހި ލަނޑެއް.-- ފޮޓޯ: އޭޕީ

މެންވެސްޓާ ޔުނައިޓެޑުގެ އެކަޑަމީން ތަމްރީނުވެގެން ސީނިއާ ކެރިއަރު ފަށައި، ކޮންޓްރެކްޓް ހަމަވެގެން ޕޮގްބާ ދޫކޮށްލުމުން ހިލޭ ޓްރާންސްފާގައި ފުރަތަމަ ޔުވެންޓަސްއާ ގުޅުނީ 2012 ގަ އެވެ. އިޓަލީގައި ހަތަރު ސީޒަނަށް ފަހު 2016 ވަނަ އަހަރު އޭނާ ޔުނައިޓެޑަށް ވިއްކާލީ 105 މިލިއަން ޔޫރޯއަށެވެ. އަދި 10 އަހަރު ފަހުން އަނެއްކާ ވެސް ޔުވެންޓަސް މިވަނީ ޓްރާންސްފާ ފީއަކާ ނުލައި އަލުން ޕޮގްބާ ހޯދައިފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ޔުނައިޓެޑަށް އެނބުރި އައިސް ފުރަތަމަ ސީޒަނުގައި ޔުނައިޓެޑާ އެކު އެފްއޭ ކަޕާއި ޔޫރޮޕާ ލީގު އުފުލާލި އެވެ. އޭރު ޔުނައިޓެޑުގެ ކޯޗަކަށް ހުރީ ހޯޒޭ މޮރީނިއޯ އެވެ. މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު މައްސަލަތަށް ގިނަވެ، ޕޮގްބާއަށް ކުޅެން ލިބޭ ފުރުސަތުތައް ވެސް މަދުވި އެވެ. ނަމަވެސް ފްރާންސް ގައުމީ ޓީމާ އެކު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި 2018 ގައި ރަޝިއާގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

2017 ވަނަ އަހަރު ޔުނައިޓެޑު ކާމިޔާބުކުރި ޔޫރޮޕާ ލީގު ޓްރޮފީއާ އެކު ޕޮގްބާ އުފާފާޅުކުރުމުގައި.-- ފައިލް ފޮޓޯ: ޔޫއެފާ

2017 ވަނަ އަހަރު ޔުނައިޓެޑު ކާމިޔާބުކުރި ޔޫރޮޕާ ލީގު ޓްރޮފީއާ އެކު ޕޮގްބާ އުފާފާޅުކުރުމުގައި.-- ފައިލް ފޮޓޯ: ޔޫއެފާ

އެއަހަރު މޮރީނިއޯ ޓީމުން ބޭރުކޮށް އޮލެ ގުނަ ސޯލްޝެއާއާ ޔުނައިޓެޑު ހަވާލު ކުރުމުން އޭނާއަށް ފުރުސަތު ލިބެން ފެށި އެވެ. ސޯލްޝެއާއާ އެކު ފުރަތަމަކޮޅު މޮޅަށް ކުޅުނު ނަމަވެސް ސީޒަން ފަހުއަތަށް އަޅާލުމާ އެކު އަނެއްކާ ވެސް އޭނާގެ ފޯމު ދަށްވި އެވެ.

ޖެހިގެން އައި ސީޒަން ފެށުމުގެ ކުރިން އޭނާ ވަނީ ޔުނައިޓެޑު ދޫކޮށްލަން އުޅޭކަމުގެ އިޝާރާތެއް ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް ސީޒަން ރަނގަޅަށް ނުފެށެނީސް އޭނާގެ ފަޔަށް އަނިޔާވެ، ފަހުން އޭނާ ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތި ލައިފަ އެވެ.

ޕޮގްބާ ވަނީ ޔުނައިޓެޑާ އެކު ހަ ސީޒަނުގައި 226 މެޗު ކުޅެ 39 ލަނޑު ޖަހައިދީފަ އެވެ. ފުރަތަމަ ސީޒަނުގައި އޭނާގެ ލަނޑަކާ އެކު ޔޫރޮޕާ ލީގު ކާމިޔާބު ކުރި ނަމަވެސް، ފަހު ފަސް ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.

ޕޮގްބާ ވަނީ ޔުވެންޓަސް އަށް ކުޅުނު ހަތަރު ސީޒަނުގައި ވެސް މޮޅަށް ކުޅެ، ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި އެ މުއްދަތުގައި ދެ ފަހަރު އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ. އެންޓޯނިއޯ ކޮންޓޭ އާއި މަސިމޯ އަލެގްރީގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ޔުވެންޓަސް އަށް 178 މެޗު ކުޅެދީ، 34 ގޯލު ޖަހައިފަ އެވެ.