Roadha Mihaaru
ޔުނައިޓެޑުން ޕޮގްބާ ހޯދަން ޔުވެންޓަސްއާ މަޝްވަރާކުރަނީ

ޔުނައިޓެޑުން ޕޮގްބާ ހޯދަން ޔުވެންޓަސްއާ މަޝްވަރާކުރަނީ

07 ޖުލައި 2016

މެންޗެސްޓާ (ޖުލައި 7) - ޔުވެންޓަސް އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދަން އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ޔުވެންޓަސްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މެންޗެސްޓާ (ޖުލައި 7) - ޔުވެންޓަސް އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޯދަން އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ޔުވެންޓަސްއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ވެބްސައިޓް ސްކައި ސްޕޯޓްސްގައިވާ ރިޕޯޓްތަކުގައި ބުނާގޮތުން ޔުނައިޓެޑުން ވަނީ ޕޮގްބާ ގަތުމަށް 100 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އަދި ފުރަތަމަ ހަ މަސް ދުވަހު ޕޮގްބާގެ ކުޅުން ރަނގަޅުވެއްޖެނަމަ އިތުރު 10 މިލިއަން ޕައުންޑް ދޭން ޔުނައިޓެޑުން ވަނީ ހުށަހަޅައިފަ އެވެ.

އުމުރުން 23 އަހަރުގެ ޕޮގްބާ އަށް ދޭން ޔުނައިޓެޑުން ނިންމާފައިވާ މުސާރަ އަކީ ހަފްތާ އަކު 300,000 ޕައުންޑެވެ.

ޕޮގްބާގެ އެޖެންޓަކީ ޔުނައިޓެޑާ ދާދި ފަހުން ގުޅުނު ޒަލަޓާން އިބްރަހިމޮވިޗާއި ހެންރިކް މިކިތާރިޔަންގެ ވެސް އެޖެންޓް މިނޯ ރިއޯލާ އެވެ. ޔުނައިޓެޑް ކޯޗުކަމާ ހޯސޭ މޮރީނިއޯ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަމުން އޭނާ ބުނީ ވަރަށް އަވަހަށް އިތުރު ކުޅުންތެރިއަކު ސޮއިކުރާނެ ކަަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެން ސޮއިކުރާނީ ޕޮގްބާ ނޫނީ ޕީއެސްޖީގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އެވެ.

ޔުނައިޓެޑް ދޫކޮށް 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ފާއިތުވި އަހަރުތަކުގައި އެ ޓީމުން ހޯދި ގިނަ ކާމިޔާބީތަކުގައި ޕޮގްބާގެ ދައުރު ބޮޑެވެ.

ޕޮގްބާ ހޯދުމަށް ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި މެންޗެސްޓާ ސިޓީން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ވަނީ ޕޮގްބާ އެ ޓީމަށް ހޯދުމަށް އެ ޓީމުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކައިރީގައި އެދިފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕޮގްބާ މިރޭ ފްރާންސާ އެކު ޖަރުމަނާ ބައްދަލުކުރާނެ އެވެ.