Roadha Mihaaru
ކާތިކަށް ހަދިޔާއަކަށް ލިބުނީ މެކްލެރަން ކާރެއް

ބޫލް ބުލައްޔާ ކާމިޔާބުވުމުން ކާތިކަށް ހަދިޔާއަކަށް ލިބުނީ މެކްލެރަން ކާރެއް

25 ޖޫން 2022

"ބޫލް ބުލައްޔާ 2" ކާމިޔާބުވުމުން ޒުވާން އެކްޓަރު ކާތިކް އާރިޔަން އަށް މެކްލަރެން ބްރޭންޑްގެ ޖީޓީ ކާރެއް ހަދިޔާއަކަށް ލިބިއްޖެ އެވެ.

"ބޫލް ބުލައްޔާ 2" ކާމިޔާބުވުމުން ޒުވާން އެކްޓަރު ކާތިކް އާރިޔަން އަށް މެކްލަރެން ބްރޭންޑްގެ ޖީޓީ ކާރެއް ހަދިޔާއަކަށް ލިބިއްޖެ އެވެ.

ލަގްޒަރީ ސްޕޯޓްސް ކާރެއް ކާތިކަށް ހަދިޔާކުރީ ޕްރޮޑިއުސަރު އަދި އެ ފިލްމު އުފެއްދި ޓީ ސީރީޒްގެ ޗެއާޕާސަން ބޫޝަން ކުމާރެވެ. ބޫޝަން އަކީ "ބޫލް ބުލައްޔާ 2"ގެ އެއް ޕްރޮޑިއުސަރެވެ.

މެކްލަރެން ޖީޓީ ކާރެއް ކާތިކަށް ހަދިޔާކުރިއިރު، އޭނާ ވާނީ އިންޑިއާގައި އެ ކާރު ބޭނުންކުރާ ފުރަތަމަ މީހާ އަށެވެ.

ކާތިކް ވަނީ އެ ކާރު ކައިރި ހުއްޓިގެން ނަގާފައިވާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އަދި އޭގެ ކެޕްޝަންގައި ބުނީ ބުރަ މަސައްކަތުގެ ނަތީޖާ ފޮނިވާނެ ކަމަށާއި އެކަމަކު އިންޑިއާގެ ފުރަތަމަ މެކްލަރެން ޖީޓީ ލިބޭނެ ކަމަށް ހިތަށް ވެސް ނާރާ ކަމަށެވެ.

ކާތިކްގެ އިތުރުން އެ ފިލްމުގެ ލީޑު ރޯލުން ފެނުނީ ތާބު އާއި ކިއާރާ އަދްވާނީ އަދި ރާޖްޕަލް ޔާދަވް އެވެ. އެ ފިލްމު ރިލީޒްކުރި ފަހުން މިވީ ފަސް ހަފުތާގެ ތެރޭގައި ވަނީ 184 ކްރޯޑް ރުޕީސް ލިބިފަ އެވެ.

އެ ފިލްމަކީ 2007 ގައި ނެރުނު ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ"ގެ ދެވަނަ ބައެވެ. ފުރަތަމަ ބައިން ފެނުނީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަން އަދި އަމީޝާ ޕަޓޭލް އެވެ.