ކ. ހިންމަފުށި ކައުންސިލުން މި އަހަރު ބޭއްވި ގުރުއާން މުބާރާތުގެ އެއްވަނަ ދަރިވަރަކަށް އުމުރުން 15 އަހަރުގެ ރަޣަދު ބިންތު އަހުމަދު ހަބީބު ހޮވައި، އެ ދަރިވަރަށް އެ ކައުންސިލްގެ ހަރަދުގައި އުމްރާ ދަތުރެއް ދީފި އެވެ.
ކ. ހިންމަފުށި ކައުންސިލުން މި އަހަރު ބޭއްވި ގުރުއާން މުބާރާތުގެ އެއްވަނަ ދަރިވަރަކަށް އުމުރުން 15 އަހަރުގެ ރަޣަދު ބިންތު އަހުމަދު ހަބީބު ހޮވައި، އެ ދަރިވަރަށް އެ ކައުންސިލްގެ ހަރަދުގައި އުމްރާ ދަތުރެއް ދީފި އެވެ.
އެ ރަށު މަލަ، ރަޣަދު ވަނީ ކައުންސިލްގެ ތިންވަނަ ގުރުއާން މުބާރާތުގެ އެއްވަނަ ދަރިވަރުގެ އިތުރުން އެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ވެސް އެއްވަނަ ހޯދައިފަ އެވެ.
ހިންމަފުށި ސްކޫލުގައި ކިޔަވާ ރަޣަތަށާއި މުބާރާތުން ރަންވަނަތައް ހޯދި އެހެން ދަރިވަރުންނަށް އިނާމުތައް ދެއްވީ ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނެވެ.
ޖުމުލަ 63 ދަރިވަރަކު ބައިވެރި މުބާރާތާ ގުޅޭ ގޮތުން ހިންމަފުށި ކައުންސިލްގެ ރައީސް ހަސަން ފާއިޒު މިއަދު ވިދާޅުވީ، މީގެ ފަހުން ކޮންމެ އަހަރެއްގެ ގުރުއާން މުބާރާތުގެ އެއްވަނަ ދަރިވަރަށް ކައުންސިލުން އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށެވެ.
"މިއީ ފެށުމެއް. އަޅުގަނޑުމެންގެ ބޭނުމަކީ ކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުން،" ހަސަން ވިދާޅުވި އެވެ.
ހިންމަފުށީގެ ރައްޔިތުންގެ މެދުގައި ނަގަމުން އައި ގުރުއަތަކުން ހޮވޭ މީހަކަށް މީގެ ކުރިން ކައުންސިލުން ވަނީ ހައްޖު ދަތުރެއް ދީފަ އެވެ. ނަމަވެސް ހައްޖު ގުރޫޕްތަކުން ޖާގަ ހޯދުމުގައި ދިމާވާ ދަތިތަކާ ހެދި، ގުރުއާން މުބާރާތުން އެއްވަނަ އަށް ހޮވޭ ދަރިވަރަށް އުމްރާ ދަތުރެއް ދޭން ނިންމީ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އެހެންވެ، މިހާރު ހައްޖު ދަތުރެއް ނުދޭނެ،" އޭނާ ވިދާޅުވު އެވެ.
ހިންމަފުށީ ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި
ހިންމަފުށީ ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި
ހިންމަފުށީގައި ގުރުއާން މުބާރާތެއް ބާއްވައިފި
އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް
ހިންމަފުށީ ކައުންސިލް މެމްބަރަކު ކަރަންޓުގައި ޖެހިއްޖެ
ގުރުއާން ހިތުދަސްކުރި 32 ހާފިޒަކަށް ތާޖު
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ގުރުއާންގެ އިލްމު ކުރިއަރުވަން ރައީސްގެ ނިންމެވުންތަކެއް
ގުރުއާން ހިތުދަސްކުރަން ބާރުއަޅަން އެލަވަންސެއް ދެނީ
ހިންމަފުށީގައި 200 ކޮޓަރީގެ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ