ޖަރުމަން ވިލާތުގެ ބެވެރިއާގައި އިއްޔެ ފެށި، ގްރޫޕް އޮފް ސެވަން (އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ) ވެރިންގެ މަހާސިންތާގައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ތަގުރީރު ކުރައްވާނެ ކަމަށް، ޔޫކްރޭންގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.
ޖަރުމަން ވިލާތުގެ ބެވެރިއާގައި އިއްޔެ ފެށި، ގްރޫޕް އޮފް ސެވަން (އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ) ވެރިންގެ މަހާސިންތާގައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ތަގުރީރު ކުރައްވާނެ ކަމަށް، ޔޫކްރޭންގެ ރިއާސީ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.
މިއަދުގެ ވަގުތެއްގައި، ވީޑިއޯ ލިންކް މެދުވެރިކުރައްވައި ޒެލެންސްކީ ދެއްވާ ތަގުރީރުގައި ފަހުގެ ޒަމާނީ ބަރު ހަތިޔާރު ޔޫކްރޭނަށް ދިނުމަށް ހުޅަނގުގެ ގައުމުތަކަށް އޭނާ ގޮވައިލައްވާނެ ކަމަށް ބެލެވެ އެވެ. ޖީ7ގެ މަހާސިންތާގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ހަފުތާ ބަންދުން ފެށިގެން ރަޝިޔާ ސިފައިން ގެންދަނީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް މިސައިލް ހަމަލާތައް ދެމުންނެވެ.
ޖަރުމަން ވިލާތުގެ ބެވޭރިއާގައި ޖޫން 26-28، 2022ގައި ބާއްވާ ޖީ7ގެ މަހާސިންތާ ފެށުމ،ުގެ ޖަލްސާގައޮ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަ ދައްކަވަނީ. --އޭއެފްޕީ
ހުޅަނގުގެ އިތުރު ހަތިޔާރަށް ޔޫކްރޭން އެދެމުން ދާއިރު، އެ ގައުމުގެ އިރުމަތީ ސަރަހައްދުގެ އެންމެ މުހިންމު އެއް ސަހަރު ކަމަށްވާ ސެވެރޮޑޮނެޓްސްކް މިހާރު ވަނީ ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް ގޮސްފަ އެވެ. އޭގެ އިތުރުން އެ ސަހަރާ އިންވެގެން އޮންނަ ލީސީޗަންސްކް ވެސް މިހާރު ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގޮސްފަ އެވެ.
އެ ދެ ސަހަރުން ޔޫކްރޭން ސިފައިންގެ ބާރު ކެނޑި، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔުމުން، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދު ގާތްގަނޑަކަށް ޔޫކްރޭނަށް ގެއްލުނީ އެވެ.
ހަނގުރާމަ ފެށި ފަހުން، ގައުމާ މުޚާތަބު ކުރައްވައި ކޮންމެ ރެއަކު ދެއްވަމުން ގެންދަވާ ވީޑިއޯ މެސެޖްގެ ސިލްސިލާގެ ތެރެއިން ރޭ ދެއްވި ވީޑިއޯ މެސެޖްގައި، ރައީސް ޒެލެންސްކީ ވަނީ ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ލަސްކުރުމަކީ، ޔޫކްރޭނަށް ހަމަލާއަކަށް ފަހު ހަމަލާއެއް ދިނުމަށް ރަޝިޔާ އަށް ދެވޭ ދައުވަތެއް ކަމަށެވެ.
ޖަރުމަން ވިލާތުގެ ބެވޭރިއާގައި ޖޫން 26-28، 2022ގައި ބާއްވާ ޖީ7ގެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ، (ވ-ކ) ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް އަދި އެމެރިކާގެ ރައީށް ޖޯ ބައިޑެން، މަހާސިންތާ ބާއްވާ އެލްމާއު ކާސަލްގެ ގޯތި ތެރޭގައި ހިންގަވަނީ. --އޭއެފްޕީ
އޭނާ ވިދާޅުވީ ޔޫކްރޭންގެ ބައިވެރިން ކަމަށް ބުނާ ގައުމުތަކަކީ، މަންޒަރު ބަލަން ތިބޭ ބައެއްގެ ބަދަލުގައި ހަގީގީ ބައިވެރިން ކަމަށްވާ ނަމަ، ޔޫކްރޭނަށް ހަތިޔާރު ދިނުން އަވަސްކުރަންޖެހޭ ކަމަށެވެ.
އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ޖަރުމަންގައި ކުރިއަށް ދާ ޖީ7ގެ 48 ވަނަ މަހާސިންތާގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޔޫކްރޭން ހަނގުރާމައިގެ މައްސަލަ އެވެ. މި މަހާސިންތާ މާދަމާ ނިންމާއިރު، ޔޫކްރޭނަށް އިތުރު ހަތިޔާރު ދިނުމަށާއި، ރަޝިޔާ އަށް ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އެއްބަސްވާނެ ކަމަށް ބެލެވެ އެވެ.
މަހާސިންތާ ފެށުމުގެ ޖަލްސާގައި ޖަރުމަންގެ މުސްތަޝާރު އޮލާފް ޝޯލްޒް އިއްޔެ ވިދާޅުވި ގޮތުގައި ރަޝިޔާގެ މިސައިލް ހަމަލާތަކުން ސާބިތުވަމުން ދަނީ، ޔޫކްރޭނަށް ތާއީދުކޮށް ޔޫކްރޭންގެ ރައްޔިތުންނާ އެކުގައި އޮތުމަށް ޖަރުމަން ވިލާތުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމެވެ.
ޖަރުމަން ވިލާތަށް ވަޑައިގަތުމަށް ފަހު މަހާސިންތާ ފެށުމުގެ ކުރިން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި ނޭޓޯ އާއި ޖީ7 ބައިބައިވާނެ ކަމަށް ވިސްނައިގެން ރަޝިޔާ އިން ވަގުތު ގުނަމުން ދިޔަ ކަމަށެވެ. ނަމަވެސް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ތިބީ އެއަށް ވުރެ ބަދަހިކަމާ އެކުގައި ކަމަށް ބައިޑެން ވިދާޅުވި އެވެ.
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ޓޭންކަށް ފަހު މިހާރު ބޭނުންވަނީ ޖެޓް ފައިޓަރުތައް
ޖަރުމަނާއި އެމެރިކާގެ ޒަމާނީ ޓޭންކުތައް ޔޫކްރޭނަށް
ޕުޓިންގެ އިންޒާރެއް ޖަރުމަނާއި ފްރާންސަށް
ޔޫކްރޭނަށް އަރަންޖެހުނީ، ނޭޓޯ ފުޅާކުރަމުންދާތީ: ޕުޓިން
ރަޝިޔާގެ ނަސްރުގެ ދުވަހު ވެސް ޒެޑް އަކުރު
ޖަރުމަނުން ޔޫކްރޭނަށް ބަރު ހަތިޔާރު ފޮނުވަނީ
ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިވެވިދާނެ: ރައީސް ޝީ
ރަޝިޔާގެ ތެލާއި ގޭހުގެ މައްސަލައިގައި ހިޔާލު ތަފާތު