Roadha Mihaaru
ނާސާގެ ރޮކެޓެއް އޮސްޓްރޭލިއާގައި ލޯންޗުކޮށްފި

ނާސާގެ ރޮކެޓެއް އޮސްޓްރޭލިއާގައި ލޯންޗުކޮށް، ތާރީހު ބަދަލުކޮށްލައިފި

28 ޖޫން 2022

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ރޮކެޓެއް ފުރަތަމަ ފަހަރަށް އެ ގައުމުން ބޭރުގައި ލޯންޗުކޮށް، ތާރީހު ބަދަލުކޮށްލައިފި އެވެ. އެ ރޮކެޓް ލޯންޗުކުރީ އޮސްޓްރޭލިއާގެ ކޮމާޝަނަލް ސްޕޭސްޕޯޓެއްގަ އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ރޮކެޓެއް ފުރަތަމަ ފަހަރަށް އެ ގައުމުން ބޭރުގައި ލޯންޗުކޮށް، ތާރީހު ބަދަލުކޮށްލައިފި އެވެ. އެ ރޮކެޓް ލޯންޗުކުރީ އޮސްޓްރޭލިއާގެ ކޮމާޝަނަލް ސްޕޭސްޕޯޓެއްގަ އެވެ.

އެއީ 25 އަހަރު ފަހުން އޮސްޓްރޭލިއާގައި ވެސް ލޯންޗުކުރި ފުރަތަމަ ރޮކެޓެވެ.

އޮސްްޓްރޭލިއާގެ އާހެމް ސްޕޭސް ސެންޓަރުން އިއްޔެ އުދުއްސާލި އެ ރޮކެޓަކީ އެސްޓްރޮފިޒިކްސްއާ ގުޅޭ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާނެ ރޮކެޓެކެވެ. އަދި ތަރިތަކުން އަލިން، ދުނިޔެއާ ކައިރި އެހެން ޕްލެނެޓްތަކަށް ކުރާ އަސަރު ވެސް އެ ރޮކެޓްގެ އެހީގައި ދެނެގަނެވޭނެ ކަމަށް ސައިންސްވެރިން އުއްމީދުކުރެ އެވެ.

އެ ރޮކެޓް އުދުއްސާލިތަން ބަލަން ދިޔަ ބައެއް މީހުން ބުނި ގޮތުގައި، ރޮކެޓް ލޯންޗުކުރިތާ އެންމެ 10 ސިކުންތުގެ ތެރޭގައި އެ ވަނީ ހަމަ ލޮލަށް ގެއްލިފަ އެވެ.

ފާއިތުވި އަހަރުތަކުގައި އޮސްޓްރޭލިއާ އިން ވަނީ އެ ގައުމުގެ ޖައްވީ ޕްރޮގްރާމްތަކަށް އިސްކަންދޭން ފަށައިފަ އެވެ. އެ ގައުމުން ވަނީ ޖައްވީ ރޭހުގައި ރަޝިއާ އާއި ޗައިނާއާ ވާދަކުރުމަށް ޑިފެންސް އެޖެންސީއެއް ވެސް ހަދައިފަ އެވެ.

އާހެމް ސްޕޭސް ސެންޓަރަކީ ދުނިޔޭގެ އީކުއޭޓާ ނުވަތަ ދެބައިހަމައިގައި ހިންގާ ފުރަތަމަ އަދި ހަމައެކަނި ރޮކެޓް ލޯންޗު ސައިޓެވެ.

އަންނަ މަހު ހަތަރެއްގައި ވެސް އެ ސައިޓުގައި ރޮކެޓެއް ލޯންޗުކުރަން ވަނީ ޝެޑިއުލްކޮށްފަ އެވެ.

ނާސާ އިން ވަނީ އެ ރޮކެޓް އުފައްދާއި އުދުއްސުމުގައި އުފެދޭ ކުނި ނައްތާލަން އެމެރިކާ އަށް ގެންދާނެ ކަމަށް ވައުދުވެފަ އެވެ.