Roadha Mihaaru
ފޯން ބޫތުގެ ޕޯސްޓަރާ އެކު ފިލްމު ނެރޭ ދުވަސް ބުނެފި

ފޯން ބޫތުގެ ޕޯސްޓަރާ އެކު ފިލްމު ނެރޭ ދުވަސް ބުނެފި

29 ޖޫން 2022

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި އިޝާން ކައްޓާރު އަދި ސިދާންތު ޗަތުރްވޭދީ ލީޑު ރޯލު ކުޅޭ ފިލްމު "ފޯން ބޫތު"ގެ ޕޯސްޓަރަކާ އެކު އެ ފިލްމު ރިލީޒްކުރާ އާ ތާރީހު އިއްޔެ އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި އިޝާން ކައްޓާރު އަދި ސިދާންތު ޗަތުރްވޭދީ ލީޑު ރޯލު ކުޅޭ ފިލްމު "ފޯން ބޫތު"ގެ ޕޯސްޓަރަކާ އެކު އެ ފިލްމު ރިލީޒްކުރާ އާ ތާރީހު އިއްޔެ އިއުލާންކޮށްފި އެވެ.

ކުރިން އެ ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ މަހު 15 ގަ އެވެ. އެ ފިލްމުގެ ޕޯސްޓަރާ އެކު ކެޓްރީނާ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓުގައި ބުނީ މިހާރު އެ ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ އޮކްޓޫބަރު ހަތެއްގައި ކަމަށެވެ.

އެ ފިލްމަކީ ބިރުވެރި މަޖާ ފިލްމެކެވެ.

ހޮރޯ ކޮމެޑީ ފިލްމުތައް ބޮކްސް އޮފީހުގައި މިހާރު ވަރަށް ހިނގަ އެވެ. މި އަހަރު ރިލީޒްކުރި "ބޫލް ބުލައްޔާ 2" އަކީ ބޮޑު ހިޓަކަށް ވެފައިވާއިރު، ދެން އޮތީ އެ ކާމިޔާބާ ހިސާބަށް "ފޯން ބޫތު" އަށް ދެވޭ ވަރުގެ ފިލްމަކަށް ވޭތޯ ބެލުމެވެ.

"ފޯން ބޫތު" ރިލީޒްކުރާ ތާރީހާ ކައިރިކައިރީގައި އިތުުރު ދެ ފިލްމެއް ވެސް ރިލީޒްކުރަން އެބަ އޮތެވެ. އެއީ ކަންގަނާ ރަނައުތު ލީޑު ރޯލު ކުޅޭ ފިލްމު "ތެޖާސް" އާއި ރާޖު ކުމާރާއި ޖާންވީ ކަޕޫރްގެ ފިލްމު "މިސްޓާ އެންޑް މިސިސް މާހީ" އެވެ.

އެ ތިން ފިލްމު ވެސް ދިމާވަނީ ހަމަ އެއް ހަފުތާ ބަންދަކާ އެވެ.

"ފޯން ބޫތު" އަކީ ކެޓްރީނާގެ ކައިވެންޏަށް ފަހު އޭނާގެ ފުރަތަމަ ފިލްމެވެ.