Roadha Mihaaru
ކުރީގެ ނޫޓު ބަދަލުކުރަން ފަހު ފުރުސަތު މާޗުގެ ނިޔަލަށް

އުވާލި ދެ ނޫޓް ބަދަލު ކުރުމުގެ ފަހު ފުރުސަތު މާޗުގެ ނިޔަލަށް

31 ޑިސެމްބަރ 2016

ނިއު ދިއްލީ (ޑިސެމްބަރު 31) - އިންޑިއާގައި ކުރިން ބޭނުންކުރި 500 އާއި 1،000 ރުޕީސްގެ ނޫޓް ބަދަލު ކުރަން ދިން މުއްދަތު އިއްޔެ ހަމަވި ނަމަވެސް ފަހު ފުރުސަތު މާޗު މަހުގެ ނިޔަލަށް އޮންނާނެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޑިސެމްބަރު 31) - އިންޑިއާގައި ކުރިން ބޭނުންކުރި 500 އާއި 1،000 ރުޕީސްގެ ނޫޓް ބަދަލު ކުރަން ދިން މުއްދަތު އިއްޔެ ހަމަވި ނަމަވެސް ފަހު ފުރުސަތު މާޗު މަހުގެ ނިޔަލަށް އޮންނާނެ އެވެ.

ފައިސާ ބަދަލު ކުރަން ދިން މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އެންމެ ފަހު ދުވަހު ގިނަ ބަޔަކު ފައިސާ ބަދަލު ކުރަން ދިއުމުން ބޭންކުތަކުން ފައިސާ ހުސްވެ ގިނަ ބަޔަކަށް އާ ނޫޓު ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ކުރީގެ ދެ ނޫޓު އުވާލިކަން ނޮވެމްބަރު މަހު ކުރީކޮޅު ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ ކޮރަޕްޝަން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އެއްވެސް ސަބަބަކާ ހުރެ އިއްޔެގެ ނިޔަލަށް ފައިސާ ބަދަލު ނުކުރެވޭ މީހުންނަށް ވަނީ އަންނަ އަހަރުގެ މާޗު މަހުގެ 31 އާ ހަމައަށް ފައިސާ ބަދަލު ކުރަން ފުރުސަތު ދީފަ އެވެ. އެކަމަކު ފައިސާ ބަދަލުކޮށްދޭނީ މަރުކަޒީ ބޭންކުން އެކަންޏެވެ. އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ފަހުން ކުރީގެ ދެ ނޫޓް ގެންގުޅުމަކީ ޖިނާއީ ކުށަކަށް ހަދަން ޕާލަމެންޓުން ގާނޫނެއް ފާސްކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އިންޑިއާ ސަރުކާރުން ބުނަނީ ދައުރުވާ ފައިސާގެ 86 ޕަސެންޓް ނޫޓް އުވާލުމުން ގިނަ ބަޔަކު އެކައުންޓުގައި ފައިސާ ޖަމާކުރަން ބާރު އަޅާ ނަގުދު ފައިސާ އިން ހިންގާ މުއާމަލާތްތައް މަދުވާނެ ކަމަށެވެ.