Roadha Mihaaru
ނޫޓުތައް އުވާލުމުން އިދިކޮޅު ޕާޓީތައް މުޒާހަރާ ކުރަނީ

ފައިސާގެ ބޮޑެތި ނޫޓުތައް އުވާލުމުން އިންޑިއާގެ އިދިކޮޅު ޕާޓީތައް މުޒާހަރާ ކުރަނީ

28 ނޮވެމްބަރ 2016

ބެންގަލޫރު (ނޮވެމްބަރު 28) - އިންޑިއާގައި ބޭނުންކުރާ ފައިސާގެ ބޮޑެތި ނޫޓުތައް ކުއްލިއަކަށް އުވާލުމުން އާއްމުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ބޮޑެތި ސްޓޭޓްތަކުގައި މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންގަލޫރު (ނޮވެމްބަރު 28) - އިންޑިއާގައި ބޭނުންކުރާ ފައިސާގެ ބޮޑެތި ނޫޓުތައް ކުއްލިއަކަށް އުވާލުމުން އާއްމުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ބޮޑެތި ސްޓޭޓްތަކުގައި މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.

އިރުމަތީގެ ވެސްޓް ބެންގާލްގެ ވެރިރަށް ކޮލްކަތާ ސިޓީގައި މުޒާހަރާ އަށް 25،000 މީހުން ނުކުމެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އިންޑިއާގެ ވިޔަފާރީގެ މައި ރަށް މުމްބާއީގައި ވެސް ވަނީ 6،000 މީހުން އިހްތިޖާޖަށް ނުކުމެފަ އެވެ. ދެކުނުގެ ކެރެލާ ސްޓޭޓް ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވޭ އިރު ބެންގޫރުގައި ވެސް އިދިކޮޅު ޕާޓީގެ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގައި ބޭނުންކުރާ ނަގުދު ފައިސާގެ 85 ޕަސެންޓް ކަމަށްވާ 500 އާއި 1،000 ރުޕީސްގެ ނޫޓް އެއް ރެއިން އުވާލުމުން ވިޔަފާރީގައި ނަގުދު ފައިސާ އަށް ބަރޯސާވެފައިވާ އާއްމުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ބާ ނޫޓް ބަދަލު ކުރަން ދިގު ކިޔޫތަކުގައި ތިބެން ޖެހުމުގެ އިތުރުން އޭޓީއެމްތަކުން ވެސް ދުވާލަކަށް ނެގެނީ 2،000 ރުޕީސް އެވެ.

ބެންގަލޫރުގައި މިއަދު މުޒާހަރާ ކުރަނީ.

ބެންގަލޫރުގައި މިއަދު މުޒާހަރާ ކުރަނީ.

އެކަމަކު އިންޑިއާގެ އާދައިގެ ބައެއް ރައްޔިތުން ބުނަނީ ސަރުކާރުން އެޅި ފިޔަވަޅު ގޯސް ނޫން ކަމަށެވެ. އެއީ ޓެކްސް ނުދައްކާ މުއްސަނދިން ފޮރުވައިގެން ގެންގުޅޭ ކަޅު ފައިސާ ހުއްޓުމަކަށް ގެނުވާނެ ކަމެއް ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ މަނީޝް ޓިވާރީ ބުނީ އެ މީހުން މުޒާހަރާ ކުރަނީ ކުއްލިއަކަށް ފައިސާގެ ބޮޑެތި ނޫޓުތައް އުވާލުމުން ގައުމު ވެއްޓިފައިވާ "މާލީ ކުއްލި ހާލަތުގައި" ރައްޔިތުން އުފުލަން ޖެހޭ ބުރަތަކާ ގުޅިގެން ކަމަށެވެ. އިންޑިއާގައި އިހްތިރާމް ލިބިގެންވާ އިގްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ އަދި ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް މިދިޔަ ހަފުތާގައި ވިދާޅުވީ ސަރުކާރުގެ ދޯދިޔާ ހިންގުމުގެ ސިޔާސަތުގެ ދަށުން އެޅި މި ފިޔަވަޅުގެ ސަބަބުން އިގްތިސާދީ ދުވެލި ދެ ޕަސެންޓް ދަށަށް ދާނެ ކަމަށެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައްޔިތުން ނަގުދު ފައިސާ އިން މުއާމަލާތް ކުރުން މަދުކޮށް، ޑިޖިޓަލް ޕޭމަންޓަށް އިސްކަން ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އިދިކޮޅު މުޒާހަރާއާ ގުޅިގެން މޯދީ ވަނީ އިދިކޮޅު ފަރާތްތަކުން ގައުމު ހުއްޓުވަން ބޭނުންވާ އިރު ސަރުކާރުން ބޭނުން ވަނީ ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ވިދާޅުވެފަ އެެވެ.