Roadha Mihaaru
އަލަށް ނެރުނު ފައިސާގެ ވަގު ނޫޓު ދައުރުވާން ފަށައިފި

އިންޑިއާގައި އަލަށް ނެރުނު ފައިސާގެ ވަގު ނޫޓު ދައުރުވާން ފަށައިފި

23 ނޮވެމްބަރ 2016

ނިއު ދިއްލީ (ނޮވެމްބަރު 23) - ބޭންކަށް ޖަމާނުކޮށް މީހުން ފޮރުވައިގެން ގެންގުޅޭ ފައިސާ އާއި ވަގު ނޫޓު ހުއްޓުވުމުގެ ގޮތުން 500 އާއި 1،000 ރުޕީސްގެ ނޫޓު އުވާލުުމަށް ފަހު އިންޑިއާ އިން އަލަށް ނެރުނު 500 އާއި 2،000 ރުޕީސްގެ ވަގު ނޫޓު ވެސް ދައުރުވާން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ނޮވެމްބަރު 23) - ބޭންކަށް ޖަމާނުކޮށް މީހުން ފޮރުވައިގެން ގެންގުޅޭ ފައިސާ އާއި ވަގު ނޫޓު ހުއްޓުވުމުގެ ގޮތުން 500 އާއި 1،000 ރުޕީސްގެ ނޫޓު އުވާލުުމަށް ފަހު އިންޑިއާ އިން އަލަށް ނެރުނު 500 އާއި 2،000 ރުޕީސްގެ ވަގު ނޫޓު ވެސް ދައުރުވާން ފަށައިފި އެވެ.

ދެހާސް ރުޕީސްގެ ވަގު ނޫޓު ގެންގުޅުނު އޮރިއްސާ ސްޓޭޓުގެ ޒުވާނެއްގެ އަތުން ވަނީ 4.8 ލައްކަ ވަގު ނޫޓު ފެނިފަ އެވެ. އޭނާ އަތުލައިގަތީ ޕެޓްރޯލް ސްޓޭޝަނެއްގެ ކައިރީ ވަގު ފައިސާ ވިއްކަން އުޅެނިކޮށެވެ.

ފުލުހުން ބުނީ 2،000 ރުޕީސްގެ ވަގު ނޫޓު ގެންގުޅުނު މީހާގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެހާ ބައިވަރު ވަގު ނޫޓު ހެއްްދި ގޮތެއް ބަލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓްތައް މި މަހު 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލި ފަހުން މި މަހު 10 އާއި 18 އާ ދެމެދު 5.45 ޓްރިލިއަން ރުޕީސް (80 ބިލިއަން ޑޮލަރު) ބޭންކުތަކަށް ޖަމާކޮށްފައިވާ ކަމަށް އިންޑިއާގެ ސެންޓްރަލް ބޭންކުން ވަނީ ބުނެފަ އެވެ.

ފައިސާ ޖަމާކުރާށާއި ކުރީގެ ނޫޓު ބަދަލު ކުރުމަށް ނިއު ދިއްލީގެ ބޭންކެއްގެ ކައިރީ މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

ފައިސާ ޖަމާކުރާށާއި ކުރީގެ ނޫޓު ބަދަލު ކުރުމަށް ނިއު ދިއްލީގެ ބޭންކެއްގެ ކައިރީ މީހުން ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

މި މަހު 8 ވަނަ ދުވަހުގެ ރޭ 12 އިން ފެށިގެން 500 އާއި 1،000 ރުޕީސްގެ ނޫޓް ބޭނުން ނުކުރެވޭނެކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ އެރޭ 8 ޖެހި އިރު އެވެ. އިންޑިއާ ސަރުކާރުން މި ފިޔަވަޅު އެޅީ ޓެކްސް ނުދައްކާ ފޮރުވައިގެން ގެންގުޅޭ ފައިސާތައް ހޯދުމަށާއި ވަގު ފައިސާ އާއި މަނީ ލޯންޑްރިން ހުއްޓުވުމަށެވެ. ފައިސާ ބަދަލު ކުރަން ގިނަ ބަޔަކު އެއް ފަހަރާ ގިނަ ބަޔަކު ދާން ފެށުމުން ބޭންކުތަކާއި ޕޯސްޓް އޮފީސް އަދި އޭޓީއެމްތަކުގައި ވަނީ ދިގު ކިޔޫތައް ހަދައިފަ އެވެ. ބައެއް ބޭންކުތަކުން ފައިސާ ހުސްވާ އިރު އޭޓީއެމްތަކުން ވެސް ފައިސާ ނެގުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އޭޓީއެމުން ނެގެނީ ދުވާލަކަށް މީހަކަށް 2،500 ރުޕީސް އެވެ. އިންޑިއާގައި ބޭނުންކުރާ 500 އާއި 1،000 ރުޕީސްގެ ނޫޓަކީ އެ ގައުމުގައި ދައުރުވާ ފައިސާގެ 85 ޕަސެންޓެވެ. އާއްމުންގެ އަތުގައި ހުރި ފައިސާ ބަދަލު ކުރަން ވަނީ އަންނަ މަހު 30 އާ ހަމައަށް ފުރުސަތު ދީފަ އެވެ.