Roadha Mihaaru
ނުވަ މިލިއަން ރުޕީސްއާ އެކު ފިލި ޑްރައިވަރު އަތުލައިފި

ނުވަ މިލިއަން ރުޕީސް ހިފައިގެން ފިލި ޑްރައިވަރު އަތުލައިގެންފި

01 ޑިސެމްބަރ 2016

ބެންގަލޫރު (ޑިސެމްބަރު 1) - އިންޑިއާގެ ބެންގަލޫރުގެ އޭޓީއެމްއަކަށް ޖަމާކުރަން ގެންދިޔަ 9.2 މިލިއަން ރުޕީސް (134،000 ޑޮލަރު) އާ އެކު ފިލި ބޭންކުގެ ޑްރައިވަރު އަތުލައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންގަލޫރު (ޑިސެމްބަރު 1) - އިންޑިއާގެ ބެންގަލޫރުގެ އޭޓީއެމްއަކަށް ޖަމާކުރަން ގެންދިޔަ 9.2 މިލިއަން ރުޕީސް (134،000 ޑޮލަރު) އާ އެކު ފިލި ބޭންކުގެ ޑްރައިވަރު އަތުލައިގެންފި އެވެ.

ބެންގަލޫރު އޭޓީއެމަށް ފައިސާ ޖަމާކުރަން ދިޔަ ވޭނުގެ ޑްރައިވަރު ޑޮމިނިކް ސެލްވަރާޖް ނުވަ މިލިއަން ރުޕީސްއާ އެކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފިލީ ވޭނުގައި އިން ބޭންކުގެ އޮފިޝަލް ފާޚާނާއަކަށް ބޭންކަށް ވަން ވަގުތު އެވެ. ފުލުހުން ކުރިން ވަނީ ވެހިކަލް ހޯދައިފަ އެވެ. އޭނާ އަތުލައިގަތީ ޓަމިލް ނާޑޫގައި އުޅެފައި ބެންގަލޫރަށް އިއްޔެ ދިޔަ ތަނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އޮފިޝަލަކު ބުނީ ފައިސާއާ އެކު ފިލި މީހާގެ އަތުން 7.9 މިލިއަން ރުޕީސް މިހާރު ހޯދާފައިވާ ކަމަށެވެ. އަދި ބާކީ ފައިސާ ވަނީ ލޯނެއް ދެއްކުމަށާއި ރައްޓެއްސަކަށް ލޯނެއް ދިނުމަށް ޚަރަދުކޮށްފައި ކަމަށް ޑްރައިވަރު ބުނާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފައިސާ އެކު ފިލި ޑްރައިވަރަކީ ބޭންކުން އޭޓީއޭމަށް ފައިސާ ޓްރާންސްފާ ކޮށްދޭ ކުންފުންޏަށް މީގެ ތިން މަސް ކުރިން ނެގި މީހެއް ކަމަށެވެ.

އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓު ހުއްޓާލުމުން އެ ގައުމުގައި މިހާރު ވަނީ ފައިސާގެ ވަރަށް ބޮޑު ތާށި ކަމެއް ކުރިމަތިވެފަ އެވެ. އޭޓީއެމްތަކުގައި ވެސް ދިގު ކިޔޫތައް ހަދާފައިވުމުން އެހާމެ އަވަހަށް އޭޓީއެމްތަކުން ފައިސާ ހުސްވެ އެވެ.

ކުރީގެ ފައިސާ ބޭނުން ކުރުން ކުއްލިއަކަށް ހުއްޓާލިކަން އިއުލާން ކުރައްވަމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެ ފިޔަވަޅު އެޅީ ބޭންކިން ނިޒާމުގެ ތެރެއަށް ނުވައްދާ ގެންގުޅޭ "ކަޅު ފައިސާ" ހުއްޓުވުމަށް ކަމަށެވެ. ކުރީގެ ނޫޓް ބަދަލު ކުރަން ވަނީ މި މަހު 30 އާ ހަމައަށް ފުރުސަތު ދީފަ އެވެ. އުވާލި ދެ ނޫޓުގެ ބަދަލުގައި ވަނީ 500 އާއި 2،000 ގެ އާ ނޫޓު ތައާރަފް ކޮށްފަ އެވެ.