Roadha Mihaaru
ފައިނަލްގައި ބައްދަލުކުރާނީ ޔޫވީ އާއި ވެލެންސިއާ

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ފައިނަލްގައި ބައްދަލުކުރާނީ ޔޫވީ އާއި ވެލެންސިއާ

30 ޖޫން 2022

އެފްއޭއެމުން ބާއްވާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލްގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ވެލެންސިއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމުން ބާއްވާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލްގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ވެލެންސިއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ގުރޫޕް ސްޓޭޖްގެ މެޗުތައް ނިމުނުތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަހަށް ފަހު މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޔޫވީ ވަނީ ކްލަބް އީގަލްސްއާ ވާދަކޮށް ފަސޭހަ ކަމާއެކު 4-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ޔޫވީން ވަނީ މެޗުގެ ފުރަތަމަ 13 މިނިޓު ތެރޭ ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު ދެވަނަ މިނިޓުގައި އަހުމަދު އަލްތާފް އަޒީމް ކާމިޔާބު ކޮށްދިން އިރު، 10 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އަރުޝަދު ސަލީމެވެ. އިރުކޮޅެއް ފަހުން ތިންވަނަ ލަނޑު ޖަހައިދިނީ އަހުމަދު އަޒްލާން އަލީ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް، ޔޫވީގެ ހަތަރުވަނަ ލަނޑު ވެސް ޖަހައިދިނީ އަޒްލާނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އަޒްލާނެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަށް ހެޓްރިކް ހަދައިދިން އަގްސަން، އޭނާ ވަނީ މިރޭޣެ މެޗުގައި ދެ ލަނޑު ޖަހައިފައި.-- ފޮޓޯ: އެފްއޭއެމް

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަށް ހެޓްރިކް ހަދައިދިން އަގްސަން، އޭނާ ވަނީ މިރޭޣެ މެޗުގައި ދެ ލަނޑު ޖަހައިފައި.-- ފޮޓޯ: އެފްއޭއެމް

ޔޫވީއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހުގެ ރޭ މުބާރާތުގެ ފައިނަލްގައި ނުކުންނަ ވެލެންސިއާ ވަނީ މިރޭ ކުޅުނު، ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 6-1 އިން ބަލިކޮށްފަ އެވެ.

މުހައްމަދު އައިހަމް އިބްރާހިމާއި މުހައްމަދު ނާމީ ނަޒީފްގެ ލަނޑުތަކުން ވެލެންސިއާ ފުރަތަމަ ހާފް ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ދެވަނަ ހާފު ފެށިގެން ފަސް މިނިޓު ތެރޭ ވެލެންސިއާގެ އަގްސަން އަހުމަދު ނަސީމް ވަނީ ދެ ލަނޑު ޖަހައި އެޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފަ އެވެ.

ޓީސީ ސްޕޯޓްސްގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ، ވެލެންސިއާގެ އައިހަމް އެޓީމުގެ ހަސްވަނަ ލަނޑު ޖެހިތާ މިނިޓެއް ފަހުންނެވެ. ޓީސީ އަށް މި ލަނޑު ޖަހައިދިނީ ޔޫސުފް އާއިޝް މުހައްމަދެވެ. މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާގެ ފަހު ލަނޑު ޖަހައިދިނީ ހަސަން އަމާން ޒާހިރެވެ.

އެފްއޭއެމުން މުޅިން އަލަށް މިއަހަރު އަހަރުން ދަށަށް ޔޫތު މުބާރާޓް ފެށުމުގެ އެންމެ ބޮޑު މަގްސަދަކީ އަންނަ އޮކްޓޫބަރު މަހު ފަށާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންް އަށް ގައުމީ ޓީމު އެކުލަވާލުމެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ސައުދީ އަރަބިއްޔާ އާއި އިންޑިއާ އަދި މިޔަންމާ އާއި ކުވޭތު ހިމެނެ އެވެ.