ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ ނަމުގައި ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްގެ މައްސަލާގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ދައުވާ ކުރެއްވި ނަމަވެސް ޖަމީލްގެ ހައްގަކަށް އަރައިގެންފައި ނުވާނެ ކަމަށް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ ނަމުގައި ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްގެ މައްސަލާގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ދައުވާ ކުރެއްވި ނަމަވެސް ޖަމީލްގެ ހައްގަކަށް އަރައިގެންފައި ނުވާނެ ކަމަށް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ހަސަންގެ ނަމުގައި އޮތް ގޯތީގެ ރަޖިސްޓްރީ ހަސަނާއި ޖަމީލްގެ ނަމަށް ބަދަލު ކުރުމަށް ކޯޓަށް ހުށަހެޅުމާ ގުޅިގެން މީޑިއާ އިން ފެތުރި ޚަބަރަށް ފަހު ހަސަން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދައުވާގައި ބުނާ ގޯތި ހަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައި ވަނީ ޖަމީލުގެ އާއިލީ މެންބަރެއްގެ ނަމުގައި ގަނެފައިވާ އެ ގޯއްޗަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެއްބަސްވުން ބާތިލްކޮށް އެގޯތި އަނބުރާ ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެ ގޯއްޗަށް ފައިސާ ދެއްކުމަށް ޖަމީލް އެދިވަޑައިގަތުމުން 2012 ވަނަ އަހަރު އެކަން އެގޮތަށް ކުރުމުން ކަމަށެވެ.
"އެހިސާބަށް ނުދެއްކި ހުރި އެންމެހާ ފައިސާ އާއި އިތުރަށް ދައްކަން ޖެހޭ އެންމެހާ ފައިސާ އަޅުގަނޑުމެން ދެ މީހުން ހިއްސާވި ރާއްޖެ ޗެމްބަރސް އިންނާއި އަދި އަޅުގަނޑު ދެއްކީމެވެ. ބިމުގައި 10 ބުރީގެ ފައުންޑޭޝަނެއް އަޅާ 4 ބުރީގެ އިމާރާތެއްގެ އެންމެހާ މަސައްކަތް ކުރުވާ އެކަމަށް ކުރަން ޖެހެނު ޚަރަދުގެ ވަރަށް ބޮޑު ބައެއްމެ ކުރީ އަޅުގަނޑެވެ." ޖަމީލްގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ވަރަށް ކުރިންސުރެ އުޅުއްވަމުންގެން ގެންދެވި ހަސަންގެ ބަޔާނުގައިވެ އެވެ.
ގޯތީގެ ރަޖިސްޓްރީ ރާއްޖެ ޗެމްބާސް އަށް ބަދަލުކުރަން ހުށަހެޅުއްވި ކަމަށާއި އެކަމަކު ގާނޫނީ ޝަހުސެއްގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން އެ ގޯތި ރަޖިސްޓްރީކޮށް ނުދިން ކަމަށާއި ރަޖިސްޓްރީ ކުރެވޭނީ ވަކި ފަރާތެއްގެ މައްޗަށް ކަމަށް އެންގި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ހަސަންގެ ނަމުގައި ގޯތީގެ ރަޖިސްޓްރީ އޮތީ އެ ސަބަބާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ގޯތީގައި ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި ޖަމީލް ވެސް ހިމަނަން ނިންމައި ހަސަންގެ ފަރާތުން ޖަމީލަށް ޕަވަ އޮފް އެޓާނީ ވެސް ދެއްވި ކަމަށެވެ. އަދި ބިމުގެ މިލްކުވެރިކަން ހަމަހަމަ އުސޫލުން ބަދަލުވަންދެން ވެސް ތަނުގެ ފުރިހަމަ މަންފާ ހާސިލްކުރެވޭނެ ގޮތް ޖަމީލަށް ހަމަޖައްސައިދީފައި ވާނެ ކަމަށާއި އެގޮތުން ތަނުގެ ދެބައި ކުޅަ އެއްބައިގައި ގެސްޓްހައުސްއެއް ހަދައި ޖަމީލްގެ އާއިލީ ބޭފުޅުން މިހާރު ގެންދަވަނީ ގެސްޓްހައުސް ހިންގަވަމުން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިމުގެ ހަމަހަމަ ހިއްސާދާރެއްގެ ގޮތުގައި ޖަމީލު ހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ނުވަތަ އެ މަސައްކަތް ކުރިއަށް ގެންދާއިރު ތަނުގެ މުޅި އިމާރާތާއި ގޯތީގެ މެއިންޓަނަންސާއި އިންޝުއަރެންސްގެ ކަންކަން ދުރާލާ ހަމަޖެއްސުމުގެ މުހިންމުކަން ޖަމީލަށް ދަންނަވާފައިވާނެ ކަމަށެވެ.
"...ބިމާއި ތަނުގައި ކުރެވިފައިވާ ޢިމާރާތަށް ޖުމްލަ ހިނގި ޚަރަދާއި އެ ޚަރަދުކުރި ފަރާތްތަކާއި އެއްފަރާތުން އަނެއް ފަރާތަށް ދޭން ޖެހޭ ފައިސާއެއް ވާ ނަމަ އެކަންކަން ދުރާލާ ނިންމުމުގެ މުހިންމު ކަން އަޅުގަނޑު ވަނީ، ޑރ. މުހައްމަދު ޖަމީލު އަޙްމަދުގެ އާއިލީ ބޭފުޅުން މެދުވެރިކޮށް އެފަރާތަށް ދަންނަވާފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާ ނުއުޅުއްވާ އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ އަޅުގަނޑު މައްޗަށް ދަޢުވާ އުފުލުމުން ވަރަށް ބޮޑަށް ހައިރާންވި އެވެ،" ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން ނެރުއްވި ބަޔާނުގައި ހަސަން ވިދާޅުވި އެވެ.
ބަޔާން ނިންމަވާލައްވަމުން، އޭނާ ވިދާޅުވީ، މީހެއްގެ މުދަލަކަށް ވެރިވެ ހައްގަކަށް އަރައިގަތުމަކީ ދުވަހަކު ވެސް ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖަމީލް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުގައި ހޯމަ ދުވަހު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ހަސަން އާއި ޖަމީލާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމަށް ފަހު ރާއްޖެ ޗެމްބާސް ވެސް މިހާރު ވަނީ އުވާލައިފަ އެވެ.
ގެއެއްގެ ރަޖިސްޓްރީ މައްސަލާގައި ހަސަނާއި ޖަމީލް ކޯޓަށް
މަލީހް މާލެއިން ބިމެއް ބައްލަވައިގެންފި
ހިޔާ ފްލެޓް ލިބުމުން ނުދިން ސިފްކޯ ފްލެޓް ހަވާލުކޮށްފި
ނުހައްގު ގޯތި ހޯދި ފަޒީލްގެ ބިމެއް މާލޭގައި އޮވޭ
"ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން"
ފާރު ތަޅާލި މައްސަލާގައި ކައުންސިލާ ދެކޮޅަށް އަމުރެއް
ޝަރުތު ހަމަނުވާކަމަށް ނިންމި މީހަކަށް ގޯތިދޭން ހުކުމެއް
މުއްދަތު ހަމަވިއިރު ވެސް ދެ އެޕާޓްމެންޓް ހުސްނުކުރި!
މައްސަލަ ނާކާމިޔާބުވެ ހަންބޯގެ ވަކީލުންނަށް 10000ރ
އެއްކޮށްލި ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނުދިން