Roadha Mihaaru
ރިޓަޔާކުރި ކެމެރަން ޑިއޭޒް އަލުން ފިލްމު ކުޅެނީ

ރިޓަޔާކުރި ކެމެރަން ޑިއޭޒް އަލުން ފިލްމު ކުޅެނީ

01 ޖުލައި 2022

"ދަ މާސްކް" އިން މަޝްހޫރުވި އަދި މިހާރު ރިޓަޔާކޮށްފައިވާ ހޮލީވުޑްގެ އެކްޓްރެސް ކެމެރަން ޑިއޭޒް އަލުން ފިލްމީ ދާއިރާ އަށް ނުކުންނަން ނިންމައިފި އެވެ.

"ދަ މާސްކް" އިން މަޝްހޫރުވި އަދި މިހާރު ރިޓަޔާކޮށްފައިވާ ހޮލީވުޑްގެ އެކްޓްރެސް ކެމެރަން ޑިއޭޒް އަލުން ފިލްމީ ދާއިރާ އަށް ނުކުންނަން ނިންމައިފި އެވެ.

އުމުރުން 49 އަހަރުގެ ޑިއޭޒް އެނބުރި އަންނަނީ، އޮސްކާ އެވޯޑް ހޯދާފައިވާ ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަދި މިއުޒީޝަން ޖޭމީ ފޮކްސްއާ އެކު ކުޅޭ ފިލްމަކުންނެވެ. "ބެކް އިން އެކްޝަން" ކިޔާ އެ ފިލްމު ޕްރޮޑިއުސްކުރަނީ ނެޓްފްލިކްސް އިންނެވެ.

ޑިއޭޒް އެނބުރި އަންނަކަން އިއުލާންކުރީ، ފޮކްސް އޭނާގެ ސޯޝަލް މީޑިއާގައި އާންމުކުރި އެ ދެ މީހުންގެ ފޯން ކޯލް ރިކޯޑިއެއް ހިއްސާކޮށްފަ އެވެ.

އެ ކޯލްގައި ޑިއޭޒް ބުނީ އަލުން ފިލްމު ކުޅެން ކުޑަކޮށް ޖެހިލުންވާ ކަމަށާއި އެކަމަކު އެ މަސައްކަތް ވަރަށް ކުރާހިތުން ހުރި ކަމަށެވެ.

ޖިމް ކެރީއާ އެކު ޑިއޭޒް 1994 ގައި ކުޅުނު "ދަ މާސްކް" އަށް ލިބުނު ބޮޑު ކާމިޔާބިއާ އެކު، އޭނާ ވަރަށް މަޝްހޫރުވެ، ހޮލީވުޑްގެ އެންމެ ބޮޑެތި ސްޓާރުންގެ ތެރޭގައި އޭނާ ހިމެނުނެވެ. އޭނާގެ މަޝްހޫރު އެހެން ފިލްމުތަކުގެ ތެރޭގައި "ދެއާ އިޒް ސަމްތިން އެބައުޓް މެރީ" އާއި "ޗާލީސް އޭންޖެލްސް" އަދި "ދަ ހޮލިޑޭ" ހިމެނެ އެވެ.

އޭނާ އެންމެފަހުން ކުޅުނީ މީގެ އަށް އަހަރު ކުރިން، 2014 ގައި ނެރުނު "ގޭންގްސް އޮފް ނިއު ޔޯކް" އިންނެވެ.

އެކަމަކު އޭނާ ރިޓަޔާކުރިކަން އިއުލާންކުރީ 2018 ގަ އެވެ. އޭރު އޭނާ ބުނީ އަލުން ފިލްމު ނުކުޅޭނަމޭ، ނުބުނާނެ ކަމަށާއި އެކަމަކު ހޮލީވުޑާ ދުރަށް ދިއުމުން އޭނާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.