ރޮކްގެ ނަމުން މަޝްހޫރު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަންގެ އާ ފިލްމު "ރެޑް ނޯޓިސް" ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
10 ޖުލައި 2021
ރޮކްގެ ނަމުން މަޝްހޫރު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަންގެ އާ ފިލްމު "ރެޑް ނޯޓިސް" ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފިލްމުގެ މަންޒަރަކާ އެކު އިންސްޓަގްރާމްގައި އޭނާ ބުނީ ފިލްމު ގެނެސްދޭނީ ނޮވެމްބަރު މަހުގެ 12 ގައި ކަމަށެވެ. ރޮކް ބުނި ގޮތުގައި މިއީ މިހާތަނަށް ނެޓްފްލިކްސްގައި ޕްރީމިއާކުރާ އެންމެ ބޮޑު ފިލްމަކަށް ވާނެ އެވެ. އަދި އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު 205 މިލިއަނަށް ވުރެ ގިނަ ކަމަށާއި އެކަމުގެ ސަބަބުން ފިިލްމަށް ލިބޭ ތަރުހީބު ވަރަށް ބޮޑުވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރާ ކަމަށް ބުންޏެވެ.
ރެސްލިން ރިންގް ދޫކޮށްލައި، ފިލްމު ކުޅެން ފެށި ފަހުން ހޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އާމްދަނީ ލިބޭ އެކްޓަރުންގެ ލިސްޓްގެ ކުރީގައި އުޅޭ ރޮކްގެ "ރެޑް ނޯޓިސް" އަކީ ޑިޖިޓަލްކޮށް ޕްރީމިއާކުރާ އޭނާގެ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ ކާސްޓްގައި މަޝްހޫރު އެކްޓަރު ރަޔަން ރެނޯލްޑްސް އާއި "ވޮންޑަ ވުމަން" ގެ ގެ ރޯލު ކުޅޭ ބަތަލާ ގަލް ގެޑޯ ވެސް ހިމެނެ އެވެ.
ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ރެޑް ނޯޓިސް" އަކީ ރޯސަން މާޝަލް ތާބާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ކޮމެޑީ ތުރިލާއެކެވެ.
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ
ޓްރެއިލާ އިން "ރެޑް ނޯޓިސް" ގެ ބާރު ދައްކާލައިފި
ޖޫލިއާ ރޮބަޓްސް އާއި ޑެންޒެލް ވޮޝިންޓަން އެކީގައި
"ޕުޝްޕާ 2" ނެޓްފްލިކްސަށް އަންނަނީ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި
"ރެބެލް މޫން"ގެ ޓްރެއިލާ ނެރެފި
ނެޓްފްލިކްސްއަށް ހަ މިލިއަނެއްހާ އާ ސަބްސްކްރައިބަރުން