Roadha Mihaaru

"ދަ މަދާ"ގައި ޖެނިފާ ލޯޕޭޒްގެ ތަފާތު ރޯލެއް

12 މެއި 2023

ނެޓްފްލިކްސް އިން އުފައްދާފައިވާ "ދަ މަދާ" ރޯލުގައި ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް (ޖޭލޯ) ފެންނާނީ ވަރަށް ތަފާތު ރޯލަކުންނެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ނެޓްފްލިކްސް އިން އުފައްދާފައިވާ "ދަ މަދާ" ރޯލުގައި ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް (ޖޭލޯ) ފެންނާނީ ވަރަށް ތަފާތު ރޯލަކުންނެވެ.

މަޝްހޫރު ކާޓޫން "މުލާން" އަށް ބިނާކޮށް 2020 ވަނަ އަހަރު ނެރުނު ލައިވް އެކްޝަން ފިލްމުގެ ޑައިރެކްޓަރު ނިކީ ކާރޯ ޑައިރެކްޓުކޮށްފައިވާ "ދަ މަދާ"ގައި ޖޭލޯ ކުޅެނީ މަންމައެއްގެ ރޯލެވެ.

އެ ފިލްމުގައި ފެންނާނީ ނުރައްކާތެރި ފިރިހެނުންތަކެއްގެ ފަރާތުން ސަލާމަތްވުމަށް ފިލައިގެން އުޅޭ ނުރައްކާތެރި އެސާސިން މަންމައެއް (ޖޭލޯ)، އޭނާ އަހަރުތަކެއް ކުރިން ދޫކޮށްލި ދަރިފުޅުގެ ދިފާއުގައި އެނބުރި އައުމުން ދިމާވާ ކަންތައްތަކެވެ.

އެ ފިލްމުގައި ޖޭލޯގެ އިތުރުން ޖޯސެފް ފިއެނެސް، އޮމާރީ ހާޑްވިކް، ގޭލް ގާސިއާ ބާނަލް، ޕޯލް ރާޗީ، ލޫސީ ޕެރޭޒް، ޖެސީ ގާސިއާ އަދި އެޑީ ފަލްކޯ ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.

ނެޓްފްލިކްސް އިން މި ފިލްމު ސްޓްރީމްކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެއީ ބައިނަލްއަގުވާމީ ގޮތުގައި ފާހަގަކުރާ މަންމައިންގެ ދުވަހެވެ.

އެ ފިލްމުގެ ޓްރެއިލާ ނެޓްފްލިކްސް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ރިލީޒްކޮށްފަ އެވެ.

ލީޑު ރޯލު ކުޅުމުގެ އިތުރުން ޖޭލޯ މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި، ބެނީ މެޑީނާ އާއި ރޯއީ ލީ އަދި މާކް އެވަންސް އާއެކު ހަރަކާތްތެރިވި އެވެ. އެ ފިލްމު ލިޔެފައި ވަނީ މީޝާ ގްރީން އަދި އެންޑްރިއާ ބާލޮފް އެވެ.

"ދަ މަދާ" ފިލްމު ރިލީޒްކޮށްފައި މިވަނީ ޖޭލޯގެ 2020 ވަނަ އަހަރުގެ ސުޕަބޯލް ހާފްޓައިމް ޝޯ އާއި 2019 ވަނަ އަހަރުގެ "ދަ ހަސްލާސް" ފިލްމަށް އަލިއަޅުވާލައި އުފައްދާފައިވާ ޑޮކިއުމަންޓްރީ "ޖެނިފާ ލޯޕެޒް؛ ހާފްޓައިމް" އަށް ފަހު އެވެ.