Roadha Mihaaru
އަލަމްގީރް އާއި ކާނަލް ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފި

އަލަމްގީރް އާއި ކާނަލް ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފި

05 ޖުލައި 2022

ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގީރް އާއި އޭނާއާއެކު ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެނގިފައިވާ ގޮތުގައި ނަޝީދާއި އަލަމްގިރިގެ ޕާސްޕޯޓު ހިފެހެއްޓީ، އެ ދެ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމަށް ފަހުގަ އެވެ. އެކަމުގެ ތަހުގީގަށް ބިދޭސީ ފިރިހެން މީހާ މީގެ ކުރިން ފުލުހަށް ވެސް ހާޒިރުކުރި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އެއް ޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކްކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފްތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރި ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އަދި މި ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން މަސައްކަތްކުރި ކަމަށްވެ އެވެ. ނަމަވެސް މި ވީޑިއޯތައް ފަހުން މި އަގަށް ބަޔަކަށް ވިއްކާލި ކަމެއް ޔަގީނެއް ނޫނެވެ.

ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެ އެވެ. އަދި އަލަމްގިރިއާއެކު ނަޝީދު ކޮޓަރިއެއްގެ ތެރޭގައި ހުންނަވާ ވީޑިއޯ ވެސް ލީކްވެފައިވެ އެވެ.