Roadha Mihaaru
ހެނބަދޫން ޒުވާނަކު ގެއްލިގެން ހޯދަނީ

ހެނބަދޫން ޒުވާނަކު ގެއްލިގެން ހޯދަނީ

07 ޖުލައި 2022

ނ. ހެނބަދޫން މިއަދު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނ. ހެނބަދޫން މިއަދު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށްވާ އިބްރާހިމް ރާމިޒެވެ.

ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު މިރޭ "މިހާރު" އަށް ވިދާޅުވީ އިބްރާހިމް އެންމެފަހުން މީހަކަށް ފެނިފައި ވަނީ މިއަދު ހެނދުނު އަށެއް ޖަހާކަށްހާއިރު އެ ރަށު ބަނދަރުމަތިން ކަމަށެވެ. އޭރު އޭނާ ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ލައިގެން ކަމަށް ކަމަށްވެ އެވެ.

"އެކަމަކު ރެއިން ފެށިގެން އޭނާ ގެއަށް ނުދާ ކަމަށް ވަނީ. ރޭގައި މި ރަށު ފިހާރައަކަށް އޭނާ ސިނގިރޭޓް ގަންނަން ވެސް ދިޔަ. އޭގެ ފަހުން މިއަދު ހެނދުނު ބަނދަރުމަތިން މީހަކަށް ފެނުނު ކަމަށް ބުނީ،" އޭނާ ވިދާޅުވި އެވެ.

ހެނބަދޫ ކައުންސިލުން ވަނީ އެ ޒުވާނާ ގެއްލިގެން މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އިބްރާހިމް މިއަދުގެ ވަގުތެއްގައި ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވެ އެވެ.

އިބްރާހިމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9311499 އަށް ރިޕޯޓްކުރުމަށް ފުލުހުން ބުންޏެވެ.