04 އޯގަސްޓް 2024
ނ. ހެނބަދޫގައި ދެ ފުލުހެއްގެ ސައިކަލަށް ގެއްލުން ދިން މައްސަލާގައި އެ ރަށުގެ ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ނ. ހެނބަދޫގައި ދެ ފުލުހެއްގެ ސައިކަލަށް ގެއްލުން ދިން މައްސަލާގައި އެ ރަށުގެ ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ބުނީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ފުރަތަމަ ގެއްލުން ދިނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެން ފުލުހެއްގެ ސައިކަލްގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ހުޅުޖަހައި، ބޭނުން ނުކުރެވޭ ވަރަށް ވަނީ ގެއްލުން ދީފައި އެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ، ހެނބަދޫ ސެލްވިޔޯ، އިލްޔާސް އިބްރާހީމާއި އެ ރަށު ހުދުތަރި މުހައްމަދު އިރުޝާދު ކަމަށެވެ. އެއީ އުމުރުން 33 އަހަރުގެ ދެ މީހުންނެވެ. އެ ދެ މީހުންގެ ފޮޓޯ ވެސް ފުލުހުން މިއަދު އާންމުކުރި އެވެ.
ފުލުހުން ބުނީ، އިޔާސް އާއި އިރުޝާދު ހައްޔަރުކުރި ސަބަބުތަކުގެ ތެރޭގައި ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތް ކުރާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދިނުން ވެސް ހިމެނޭ ކަމަށެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ގެއްލުން ދިނީ، ނ. އަތޮޅުގައި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ތުހުމަތު ކުރެވޭ ބައެކެވެ.
އެފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން އެ ވިސްނުމުގައި އެފަދަ އަމަލުކުރަމުންދާ މީހުންނަށް ހަނދާންކޮށްދޭ ކަމަށް ވެސް ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އޮޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ވިދާޅުވެފަ އެވެ.
ޑްރަގް އޮޕަރޭޝަނާ ހެދި ޕޮލިހެއްގެ ސައިކަލް ރޯކޮށްލައިފި
ސައިކަލުތަކުގައި ރޯކޮށްލި މީހާ ބަންދަށް
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ސައިކަލުތަކުގައި ރޯކޮށްލުން: މީހަކު ހައްޔަރު ނުކުރޭ!
މަޖިލިސް ކައިރީގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލައިފި
އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި
ގެއްލުނު ޒުވާނާ ހޯދަން ކަނޑުގެ ސަރަހައްދު ބަލަނީ
ހެނބަދޫން ޒުވާނަކު ގެއްލިގެން ހޯދަނީ
ހުޅުޖެހި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި