Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބަސްތަކުން ދުވާލަކު 19،000 މީހުން ދަތުރުކުރޭ

އެމްޓީސީސީގެ ބަސްތަކުން ކޮންމެ ދުވަހަކު ވެސް 19،000 މީހުން ދަތުރުކުރޭ

11 ޖުލައި 2022

ހުޅުމާލެއާއި މާލެއާ ދެމެދު ދުއްވާ ބަސްތަކުން ދުވާލެއްގެ މައްޗަށް 19،000 މީހުން ދަތުރުކުރާ ކަމަށް، އެ ބަސް އޮޕަރޭޓްކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެއާއި މާލެއާ ދެމެދު ދުއްވާ ބަސްތަކުން ދުވާލެއްގެ މައްޗަށް 19،000 މީހުން ދަތުރުކުރާ ކަމަށް، އެ ބަސް އޮޕަރޭޓްކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ތޮއްޖެހިފައިވާ މާލެއަށް ޑަބަލް ޑެކާގެ ގިނަ އަދަދެއްގެ ބަސްތަކެއް ގެންނާތީ އެކަމާ ގުޅޭގޮތުން އެންވަޔަރްމަންޓްލަ ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއަކަށް ރައްދު ދެއްވައި އާޒިމް މިދިޔަ ހަފުތާގައި ވިދާޅުވީ މާލެއިން ހުޅުމާލެ އެކެއް އަދި ދެ ވަނަ ފިޔަވައްސަށް ދަތުރުކުރަން 50 ބަސް ބޭނުންކުރާ ކަމަށެވެ.

އެ ބަސްތަކުން 19،000 މީހުން ކޮންމެ ދުވަހަކު ވެސް ދަތުރުކުރާއިރު، ބާރުބޮޑު ވަގުތުތަކުގައި އޮންނަނީ ފުލްކޮށް ކަމަށް އާޒިމް ވިދާޅުވި އެވެ.

ނައީމް އެގޮތަށް ސުވާލު އުފެއްދެވީ ވެސް ބަހުގައި ޖެހި ގިނަ އެކްސިޑެންޓުތަކެއް ހިނގައި ޒުވާނަކު މަރުވެފައި ވަނިކޮށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ސްޓޭޓް ޑިލީޓްކުރައްވައިފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ކުދި ބަސްތައް ގެނެސްފިނަމަ، އެ އެންމެން ގަޑިއަށް ތަންތަނަށް ގެންދަން 200 ބަސް ބޭނުންވާނެ ކަމަށެވެ.

"ކޮން ގޮތެއްތޯ ރަނގަޅީ؟ 50 ބަސް، މަގުތަކުގައި އުޅުންތޯ ނޫނީ 200 ބަސް މަގުމަތީގައި އުޅުންތޯ؟" އާޒިމް ސުވާލު އުފެއްދެވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ހާއްސަކޮށްގެން އެމްޓީސީސީގެ ބަސް ފްލީޓަށް މި ފަހުން ވެސް ވަނީ އިތުރު 15 ބަސް ގެނެސްފަ އެވެ.

ޑަބަލް ޑެކްގެ ބަހުގައި އެއްފަހަރާ 80 މީހުން އުފުލޭނެ އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު އެޅި ބްރިޖްގައި ދުއްވަން އެންމެ ފުރަތަމަ ޑަބަލް ޑެކް ބަސް ގެނައީ 2018 ގަ އެވެ. އެ ފަހަރު 22 ޑަބަލް ޑެކް ބަސް ގެނަ އެވެ.