13 ޖުލައި 2022
ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ސިއްރިއްޔާތުގައި ރޭ ދަންވަރު ރާއްޖެ ވަޑައިގަތުމާއެކު، އެ ގައުމުގައި މިއަދު ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.
ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ސިއްރިއްޔާތުގައި ރޭ ދަންވަރު ރާއްޖެ ވަޑައިގަތުމާއެކު، އެ ގައުމުގައި މިއަދު ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.
އޭއެފްޕީން ބުނީ، ލަންކާގެ ރައީސް ގޮޓާބަޔަ ފުރާވަޑައިގަތުމާ ގުޅިގެން އެ ގައުމުގެ ވަގުތީ ރައީސަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކަމަށާއި މުޅި ލަންކާގައި މިހާރު ކުއްލި ހާލަތު އިއުލާނު ކޮށްފައިވާ ކަމަށެވެ.
ކުއްލި ހާލަތު އިއުލާނު ކުރުމާއެކު، ރަނިލް އަމުރު ކުރެއްވީ ލަންކާގައި ހަމަނުޖެހުން އުފައްދާ މީހުން އުފުލާ ވެހިކަލްތައް އަތުލުމަށެވެ.
ލަންކާގެ އެއާ ފޯސްގެ ބޯޓެއްގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު، އޭނާ ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރައްވައިފަ އެވެ. އެކަމަކު އަދި އިސްތިއުފާގެ ސިޓީފުޅެއް ނުލިބޭ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނަމަ ގޮޓާބަޔަގެ ފަހުގެ މަންޒިލަކީ ރާއްޖޭގެ ބަދަލުގައި އެހެން ގައުމެކެވެ. ނަމަވެސް އެއީ ކޮން ގައުމެއްކަން އަދި ކަށަވަރެއް ނުވެ އެވެ.
ލަންކާގެ ހާލަތު ނުތަނަވަސްވެ، އެ ގައުމުގެ މީހުން މަގުމައްޗަށް ނުކުމެ ސަރުކާރުގެ ބައެއް ތަންތަނަށް ގެއްލުން ދީ، ހުޅުޖަހަން ފެށީ ލަންކާގެ އިގްތިސޯދު ވަރަށް ބޮޑަށް ގޯސްވެ، އެ ކަންކަން މެނޭޖު ކުރަން ސަރުކާރުގެ ވެރިން ނުކުޅެދުމުންނެވެ.
ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 21 ގައި
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ސިންގަޕޫރުން ގޯޓާބޭ އަށް އިތުރު 14 ދުވަހުގެ ވިސާ
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން