Roadha Mihaaru
އެންމެފަހުން ޖޭލޯ އާއި އެފްލެކް ކައިވެނިކޮށްފި

އެންމެފަހުން ޖޭލޯ އާއި އެފްލެކް ކައިވެނިކޮށްފި

19 ޖުލައި 2022

އެމެރިކާގެ މަޝްހޫރު ތަރިން ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ބެން އެފްލެކް އެންމެ ފަހުން ކައިވެނިކޮށްފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު ތަރިން ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި ބެން އެފްލެކް އެންމެ ފަހުން ކައިވެނިކޮށްފި އެވެ.

ދެވަނަ ފަހަރަށް އެންގޭޖު ވުމަށްފަހު ދެ މީހުން އެންމެފަހުން ކައިވެނި ކޮށްފައި ވަނީ ރޭގަ އެވެ. ލަސް ވޭގަސްގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ދެ މީހުން ކައިވެނި ކުރި އިރު ދެ މީހުންގެ ގާތް އެކުވެރިންނާއި އާއިލާގެ އިތުރުން ބައެއް ހޮލީވުޑް ފަންނާނުން ވެސް ހަފުލާގައި ބައިވެރިވި އެވެ.

މީގެ ކުރީން އެންގޭޖުވުމަށް ފަހު، ކައިވެނި ކުރުމުގެ ކުރީން ވަކިވި އެ ދެ މީހުން އަލުން ދިމާވެ، އާ ގުޅުމެއް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ގާތްގަނޑަކަށް 17 އަހަރަށް ފަހު އަލުން ދިމާވެ އެންމެ ފަހުން ކައިވެނި ކޮށްފައިވާއިރު ދެ މީހުން ތިބީ ވަރަށް އުފަލުންނެވެ. ކައިވެންޏާ ގުޅޭ ޕޯސްޓެއްގައި ޖޭލޯ ބުނީ މީގެ ދެރެއެއް ކުރީން ދެ މީހުން ލަސް ވޭގަސް އަށް ގޮސް ކައިވެނީގެ ލައިސަންސް ނަގާފައިވާ ކަމަށެވެ.

ކައިވެނި ކުރަން ލިބުނީ ދަންވަރުގެ ވަގުތަކަށް ވި ނަމަވެސް ދެ މީހުން ތިބީ ވަރަށް އުފަލުން ކަމަށް ޖޭލޯ ބުންޏެވެ. އޭނާ ބުނިގޮތުގައި އެ ރެއަކީ ދެ މީހުންގެ ހަޔާތުގެ ވެސް އެންމެ އުފާވެރި ރެ އެވެ.

ދެ މީހުންގެ ކައިވެންޏަށް ޖޭލޯ ލައިގެން ދިޔަ ހެދުމަކީ އޭނާގެ ކުރީގެ ފިލްމަކަށް ލީ ހެދުމެކެވެ. އަދި އެފްލެކް ވެސް ކައިވެނި ކުރީ އޭނާ އަށް ކަމުދާ ކުރީގެ ކޯޓެއް ލައިގެންނެވެ.

ޖޭލޯ އާއި އެފްލެކް އަށް ކައިވެނި ކުރެވިފައިވަނީ ދެ ފަހަރަކު އެންގޭޖުވުމަށް ފަހުގަ އެވެ. ދެ މީހުން ފުރަތަމަ އެންގޭޖުވެފައި ވަނީ 2002 ވަނަ އަހަރު އެވެ. ނަމަވެސް، އެ ދެ މީހުން ކައިވެނި ކުރުމުގެ ކުރިން، 2004 ވަނަ އަހަރު ވަކިވި އެވެ.