Roadha Mihaaru
ސްކޫލު ކުދިންނަށް މާލޭގައި ބަސް ދަތުރު ހިލޭ

ސްކޫލު ކުދިންނަށާއި ދުވަސްވީ މީހުންނަށް މާލޭގައި ބަސް ދަތުރު ހިލޭ

25 ޖުލައި 2022

މާލެ އާއި އެކި ރަށްރަށުގައި ފަށަން ތައްޔާރުވެފައިވާ މިނީ ބަހުގެ ހިދުމަތް ސްކޫލު ކުދިންނަށް ދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މާލެ އާއި އެކި ރަށްރަށުގައި ފަށަން ތައްޔާރުވެފައިވާ މިނީ ބަހުގެ ހިދުމަތް ސްކޫލު ކުދިންނަށް ދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އާރުޓީއެލްގެ ދަތުރުފަތުރުގެ ހިދުމަތުގެ ތެރޭގައި ވަރަށް މުހިންމު ކަމެއް އެބައޮތް ކަމަށާއި އެއީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ސްކޫލު ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ ގޮތް އޮތުން ކަމަށެވެ.

"ޔުނީފޯމް ސްކޫލު ކުދިންނާއި 65 އަހަރުން މަތީގެ އަދި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބަހުގެ ދަތުރުތައް ހިލޭ ވާނެ،" އާޒިމް ވިދާޅުވި އެވެ.

މާލެ އާއި ބައެއް ރަށްރަށުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ގެނައި ބަސްތައް---ފޮޓޯ: އެމްޓީސީސީ

މާލެ އާއި ބައެއް ރަށްރަށުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ގެނައި ބަސްތައް---ފޮޓޯ: އެމްޓީސީސީ

މާލޭގައި މިނީ ބަހުގެ ހިދުމަތް ވަރަށް އަވަހަށް ފަށަން އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަށް ބޭނުންވާ 12 ބަސް މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.

އާރުޓީއެލްގެ ބަސް ދަތުރުތައް މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫގެ އިތުރުން ލ. އަތޮޅުގައި ވެސް ފަށަން މިހާރު ވަނީ ބަސްތައް ގެނެސްފަ އެވެ. އެ ބަސްތައް އެ ސަރަހައްދުތަކަށް މި މަހުގެ ތެރޭގައި ފޮނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާާޅުވި ގޮތުގައި އެމްޓީސީސީން ރާވަމުން އަންނަނީ ކޮންމެ 10 މިނެޓަކުން ހިނގާލައިފައި ދެވޭ ހިސާބުގައި ބަސްތައް ބޭއްވުމަށެވެ. އަދި ކޮންމެ 10 މިނެޓަކުން އެތަނަކުން ދަތުރު ކުރެވޭ ގޮތް ހެދުމަށެވެ.