Roadha Mihaaru

ރޮބޯތިންކުގެ އާ ޕްރޮގްރާމަކަށް ފުރުސަތު ހުޅުވާލައިފި

ރޮބޯތިންކުން މިދިޔަ ޖޫން މަހު ބޭއްވި "ހެވީ ޑިއުޓީ ކޮންސްޓްރަކްޝަން"ގެ އާ ޕްރޮގްރާމަކަށް އަނެއްކާވެސް ފުރުސަތު ހުޅުވާލައިފި އެވެ.

ރޮބޯތިންކުގެ އާ ޕްރޮގްރާމަކަށް ފުރުސަތު ހުޅުވާލައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

24 ޖުލައި 2022

ރޮބޯތިންކުން މިދިޔަ ޖޫން މަހު ބޭއްވި "ހެވީ ޑިއުޓީ ކޮންސްޓްރަކްޝަން"ގެ އާ ޕްރޮގްރާމަކަށް އަނެއްކާވެސް ފުރުސަތު ހުޅުވާލައިފި އެވެ.

ރޮބޯތިންކުން ބުނީ ވަރަށް ބޮޑު ތަރުހީބެއް ލިބޭ އެ ޕްރޮގްރާމަށް އަލުން ހުޅުވާލީ ގިނަ ބެލެނިވެރިންތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. މި ފަހަރު ވެސް ދޫކުރަނީ ވަރަށް މަދު ޖާގަތަކެކެވެ.

ފަސް އަހަރުން މަތީގެ ކުދިންނަށް، އިސްކަންދޭ ގޮތަށް އޮތީ ހުށަހަޅާ ތަރުތީބުންނެވެ.

ޕްރޮގުރާމާއި ގުޅޭ މައުލޫމާތު ހިމެނޭ އިންސްޓަގަރާމް ޕޯސްޓު

މި މަހުގެ 31 އިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ދެ ދަންފަޅި ހިމެނޭނެ އެވެ. އެއީ ހެނދުނު ނުވައަކުން މެންދުރު 12އަށް ކުރިއަށް ގެންދާ ދަންފަޅި އާއި މެންދުރު ދެއަކުން ހަވީރު ފަހަކަށް ކުރިއަށް ގެންދާ ދަންފަޅި އެވެ.

އެ ޕްރޮގްރާމުގެ އިތުރުން އަންނަ މަހު ފަށާ ދިރާސީ އާ އަހަރު އެ ސެންޓަރުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ރޮބޯތިންކުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.