27 ޖުލައި 2022
އަންނަ އަހަރު ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް މާލީ އިދާރާ، އައިއެމްއެފް އިން މަރުހަބާ ކިޔައިފި އެވެ.
އަންނަ އަހަރު ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމަށް މާލީ އިދާރާ، އައިއެމްއެފް އިން މަރުހަބާ ކިޔައިފި އެވެ.
އައިއެމްއެފްގެ މިޝަންއަކުން މިދިޔަ މަހު ހަފްތާއަކަށް ރާއްޖެ އަށް ކުރި ދަތުރަށް ފަހު ނެރުނު ބަޔާނުގައި ވަނީ ޓޫރިޒަމް ދާއިރާއިންނާއި ޑޮމެސްޓިކް ދާއިރާއިން ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން މަސައްކަތް ފެށުމަކީ އަޅާ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އައިއެމްއެފް އިން ބުނީ، އަންނަ އަހަރު ޖީއެސްޓީ ބޮޑުކޮށް، ދައުލަތަށް ލިބޭ އާމްދަނީ މައްޗަށް ޖެހުމުން ގައުމަށް އިތުރު ފައިދާތައް ފެނި، އިގްތިސާދު ރިކަވާ ކުރަން ފަސޭހަވާނެ ކަމަށެވެ.
"ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާއިން 12 ޕަސެންޓާއި 16 ޕަސެންޓަށް ބޮޑު ކުރުމަށާއި އާންމުންގެ އަތުން ޖީއެސްޓީ ނެގުން ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުމަށް މަރުހަބާ ކިޔަން. އެއާ އެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް ބަރޯސާވާ ވަރު ކުޑަކުރުން ވަރަށް މުހިއްމު،" ބަޔާނުގައި ބުނެފައި ވެ އެވެ.
އައިއެމްއެފް އިން މިހެން ބުނެފައިވާ އިރު މިދިޔަ މަހުގެ 16ގައި ޖީއެސްޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އައިއެމްއެފް އިން ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށް ބުނެފަ އެވެ. އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެކަމަކު، އެ ރިޕޯޓް އެ އިދާރާ އިން ތައްޔާރުކޮށްފައި ވަނީ އަހަރުގެ ކުރީކޮޅު ހޯދާފއިވާ މައުލޫމާތުގެ މައްޗަށް ބަލައިފަ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫނެވެ.
ޓޫރިޒަމާއި އާންމު މުދަތުން ނަގާ ޖީއެސްޓީ ބޮޑުކުރުމުން ދައުލަތުގެ އާމްދަނީ އަށް އިތުރު 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ސަރުކާރުގެ އަންދާޒާ އަކީ ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް އިތުރު ތިން ބިލިއަން ރުފިޔާ ހޯދުމެވެ. އެހާ އެކު ދައުލަތުން ޓެކުހުން ލިބޭ އާމްދަނީ ހަ ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު
ރައީސްގެ އިގުތިސާދީ އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު
އައިއެމްއެފް އިން އެދުނީ ދަރަނި ހަމަޔަކަށް އަޅުވަން
ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ބޮޑު ސޭވިންއެއް
"ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ކުރިއަރާނެ"
"ރިޒާވް ރަނގަޅުކުރުމުގެ ފިޔަވަޅަކީ ޓެކްސް ބޮޑުކުރުން"
ޓެކްސް ބިލަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް
މުދަލުގެ އަގު ހީކުރާ ވަރަށްވުރެ ބޮޑުވެދާނެ