އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
21 ޑިސެމްބަރ 2022
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފް ނެރޭ ގައުމުތަކާ ގުޅޭ "އާޓިކަލް ފޯ" ޕްރެސް ރިލީޒްގައި ބުނީ، ޓޫރިޒަމް ކުރިއަރަމުން އަންނާތީ ރާއްޖޭގެ އިގްތިސާދު ވެސް އަންނަ އަހަރު ކުރިއަށްދާނެ ކަމަށެވެ. މި އަހަަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ 10.5 ޕަސެންޓުގަ އެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަށްދާ މައިގަނޑު ސަބަބަކީ ޓޫރިޒަމް އިތުރަށް ފުޅާވުން ކަމުގައިވީ ވިޔަަސް، ދަތުރުފަތުރުގެ ދާއިރާ އާއި އާންމު ވިޔަފާރިތައް ވެސް ކުރިއަރާނެ ކަމަށް ބުނެފައިވެ އެވެ.
އައިއެމްއެފުން މިގޮތަށް ލަފާކޮށްފައި ވާއިރު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ރާއްޖޭގެ އިގްތިސާދު ކަމަށް 7.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފަ އެވެ.
އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގެ އިންފްލޭޝަން ވެސް އަންނަ އަހަރު މަތިވާނެ އެވެ. އެ އިދާރާގެ ލަފަޔަކީ އަންނަ އަހަރު 4.9 ޕަސެންޓަށް އިންފްލޭޝަން މަތިވުމެވެ. އެހެންވެ ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުން ވެސް ތަކެތީގެ އަގުތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށް އައިއެމްއެފް އިން ބުންޏެވެ.
އައިއެމްއެފް އިން ވަނީ ރާއްޖޭގެ އާމްދަނީ އިތުރުވިޔަސް ބަޖެޓު ޑެސިފިޓް ބޮޑުވަމުންދާކަން ފާހަގަކޮށްފަ އެވެ. މިހެން ވުމުގެ މައިގަނޑު ސަބަބަކީ ކެޕިޓަލް ހަރަދުތައް އިތުރުވުމާއި ރިކަރަންޓް ހަރަދުތައް އިތުރުވުމެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގްރާންޓުގެ ގޮތުގައި ދޭ އެހީތަކުގެ ސަބަބުން ވެސް ބަޖެޓު ޑެފިސިޓް އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.
އައިއެމްއެފް ނެރޭ "އާޓިކަލް ފޯ" ރިޕޯޓަކީ ގައުމުތަކުގެ އިގްތިސާދީ ހާލަތު ބަޔާންކޮށް ނެރޭ ރިޕޯޓެކެވެ. މިދިޔަ އަހަރު ވެސް އައިއެމްއެފްގެ ރާއްޖޭގެ އާޓިކަލް ފޯ ރިޕޯޓު އާންމެއް ނުކުރެ އެވެ. މިއީ ގައުމުތަކުގެ ސަރުކާރުގެ ހުއްދައާ އެކު ނޫނީ އާންމުކުރާ ރިޕޯޓެއް ނޫނެވެ.
އައިއެމްއެފް އިން އެދުނީ ދަރަނި ހަމަޔަކަށް އަޅުވަން
ރާއްޖެއަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް: އަމީރު
މައުލޫމާތު އާއްމު ނުކުރާ ނަމަ ހޭދަ ބޮޑުވާނެ:މިނިސްޓަރު
"އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި"
"ހާލަތު ރަނގަޅު ކުރަން ފިޔަވަޅުތައް އަވަސް ކުރޭ"
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު
ރައީސްގެ އިގުތިސާދީ އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު