Roadha Mihaaru
"މުޑުދާރު އަމަލުތަކަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ"

މުޑުދާރު އަމަލު ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެ: އިމްރާން

28 ޖުލައި 2022

މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެ ކަން ކަށަވަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެ ކަން ކަށަވަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވިއިރު، ބަންގްލަދޭޝްގެ އަލަމްގީރާއެކު، އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ފުލުހުން މިއަދު ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވާއިރު، ދެން ތިބި މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއަދުގެ މިހާތަނަށް ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެއް ކަމަށްވާ އުމުރުން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއު އެވެ.

އެ މީހުންގެ ހައްޔަރާއެކު، އިމްރާން ކުރެއްވި ޓްވީޓެއްގައިވަނީ މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަން އޭނާ އަބަދުވެސް ކަށަވަރު ކުރައްވާނެ ކަމަށެވެ. އެކަމަކު ޖިނާއީ އަދުލުގެ ނިޒާމުގެ ހުރިހާ ކަމެއް އޮންނަނީ ފުލުހުންގެ އަތްމަތީގައި ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެންވެ، އެ ނިޒާމުގައި މަސައްކަތްކުރާ އެންމެން މާތްﷲ އަށް ބިރުވެތިވެ، ޒިންމާ އަދާކުރަން ޖެހޭ ކަމަށް އިމްރާންގެ ޓްވީޓްގައިވެ އެވެ.

އިމްރާންގެ ޓްވީޓް

އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާންމުވެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ގިނަ މީހުން ދޫވެފައި ތިބުމުން އިމްރާނާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިއަދު ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.