Roadha Mihaaru
ނާޒިމްގެ ދިފާއުގައި ނުކުތުމުން ނަޝީދު ހޫނުފެނަށް

ނާޒިމް ދިފާއުގައި ނަޝީދު ތެދުވުމުން ގިނަ ބައެއްގެ ފާޑުކިޔުން

28 ޖުލައި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާ ދެކޮޅަށް އެ މަނިކުފާނު ކުރެއްވި ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާ ދެކޮޅަށް އެ މަނިކުފާނު ކުރެއްވި ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނާޒިމް މިރޭ ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ ސަރުކާރުން ނާޒިމް ހައްޔަރުކުރީ ދީނީ ހަރުކަށި މީހުންގެ ރުހުން ހޯދަން ކަމަށެވެ. އަދި ނާޒިމް ހައްޔަރުކުރީ އިޖްރައާތުތަކާ ޚިލާފަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެ ޓްވީޓާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނަޝީދަށް ފާޑުކިޔައިފަ އެވެ. ސޯޝަލް މީޑިއާގައި ވީޑިއޯތައް އާންމުވެފައި ވާއިރު، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކޮއްކޯފުޅުގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ބުނެ އެއް ބަޔަކު ފާޑު ކިޔެވެ.

"ހުވައެއް ކޮށްގެން ހަވާލުވެހުރި މަގާމަށް ވެސް ކޮންމެވެސް އިހްތިރާމެއް ކުރަންޖެހޭ." އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައިވެ އެވެ.

އިހުސާންގެ ޓްވީޓް

ހަމަހަމަކަމާއި އަދުލު އިންސާފަށް ނަޝީދު ކުރިން ވަކާލާތު ކުރެއްވިއިރު، އެމަނިކުފާނުގެ ކޮއްކޯފުޅަށް ގާނޫނު ހިންގަން އުޅުމުން މައްސަލައަކަށް ވާންވީ ކީއްވެގެންތޯ އެއް ބަަޔަކު ސުވާލު އުފައްދާފައިވެ އެވެ. އަދި ނަޝީދާއި އެމަނިކުފާނުގެ އާއިލާއަށް ވީތީ ގާނޫނު ނުހިނގަނީތޯ އެއް ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.

"ފެނިގެން މި ދަނީ އަހަރުން ދަންނަ ރައީސް ނަޝީދެއް ނޫން." މީހަކު ކުރި ޓްވީޓެއްގައިވެ އެވެ.

މީހަކު ކުރި ޓްވީޓެއް

އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ދިފާއުގައި ނަޝީދު ވާހަކަ ދެއްކުވުމުން އެމަނިކުފާނު މަގާމުން ދުރުކުރަން އެއް ބަޔަކު ގޮވާލާފައިވެ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެމަނިކުފާނު އިންނަވާތީ ވެސް ބައެއް މީހުން ކަންބޮޑުވުމުން ފާޅުކޮށްފައިވެ އެވެ.

މީގެ އިތުރުން ވެސް އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުގައި ވެސް ކަނޑައެޅިގެން މަނާ ކޮށްފައިވާ ކަމެއް ކުރި މީހަކަށް ފިޔަވަޅު އެޅުމަކީ ދީނީ ހަރުކަށި އަމަލަކަށް ވަނީ ކިހިނެތްތޯ ވެސް ބުނެ ބައެއް މީހުން ޚިޔާލު ފާޅުކޮށްފައިވެ އެވެ.

"މިހާރު މިކަމާ ދެކޮޅުވުމަކީ ވެސް ހަރުކަށިވުން؟." "މިހާރު" ގެ ކިޔުންތެރިއަކު ފޮނުވި ކޮމެންޓެއްގައިވެ އެވެ.

އެހެން ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޅުކުރި ޚިޔާލުތަކުގައިވަނީ ނަޝީދުގެ ބޭނުމަކީ އެއް ޖިންސުން ގުޅުން ހިންގަން ތާއީދުކުރާ މީހުންގެ ރުހުން ހޯދުމާއި ދީނީ އިލްމުވެރިންނަކީ ހަރުކަށި ބައެއް ކަމަށް ދެއްކުން ކަމަށެވެ. އަދި ސަރުކާރުން އެޅި ފިޔަވަޅަށް ބައެއް މީހުން ތައުރީފް ވެސް ކޮށްފައިވެ އެވެ.