31 ޖުލައި 2022
ލައިޕްޒިގް (ޖުލައި 31) - އަލަށް ގުޅުނު ސެނެގާލް ގައުމީ ޓީމުގެ ކެޕްޓަން ސަޑިއޯ މާނޭގެ ލަނޑާ އެކު 5-3 އިން އާރްބީ ލައިޕްޒިގް ބަލިކޮށް، ބަޔާން މިއުނިކުން އާ ސީޒަން ފަށަން ކުޅުނު ޖަރުމަން ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
ލައިޕްޒިގް (ޖުލައި 31) - އަލަށް ގުޅުނު ސެނެގާލް ގައުމީ ޓީމުގެ ކެޕްޓަން ސަޑިއޯ މާނޭގެ ލަނޑާ އެކު 5-3 އިން އާރްބީ ލައިޕްޒިގް ބަލިކޮށް، ބަޔާން މިއުނިކުން އާ ސީޒަން ފަށަން ކުޅުނު ޖަރުމަން ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
މިއީ ބަޔާނުން މި މުބާރާތް ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. ސުޕަ ކަޕް ތައާރަފުކުރި އަހަރު ކަމަށްވާ 1987 ގައި ވެސް ތަށި ހޯދީ އެ ޓީމެވެ. މިއީ މިދިޔަ އަހަރުގެ ޖަރުމަން ކަޕް ޗެމްޕިއަން ލައިޕްޒިގް އިން ސުޕަ ކަޕް ކުޅުނު ފުރަތަމަ ފަހަރެވެ.
މިދިޔަ ސީޒަންތަކުގައި ބަޔާނުގެ ފޯވާޑް ލައިން ބެލެހެއްޓި ރޮބަޓް ލެވޮންޑޮސްކީ އެ ޓީމު ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމުން ގެނައި މާނޭ ވަނީ ރޭ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބަޔާނުންނެވެ. ލޫކަސް ހެނާންޑޭޒްގެ އެހީތެރިކަމާ އެކު 14 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއަލާ އެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނިޓުގައި ބަޔާންގެ ލީޑު ފުޅާ ކޮށްދިނީ ސާޖް ގްނަބްރީގެ އެހީތެރިކަމާ އެކު މާނޭ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މުސިއަލާގެ އެހީތެރިކަމާ އެކު ތިން ވަނަ ލަނޑު ޖަހައިދިނީ ބެންޖަމިން ޕާވަޑް އެވެ.
ލައިޕްޒިގުން މެޗުގައި ފުރަތަމަ ލަނޑު ޖެހީ 59 ވަނަ މިނެޓުގަ އެވެ. މި ލަނޑު ޖަހައި އެ ޓީމަށް އުއްމީދެއް ހޯދައިދިނީ ޑިފެންޑަރު މާސެލް ހަލްސެންބާގެވެ. އޭގެ ކުރިން އެޓީމުން ފޮނުވާލި ހަމަލާއެއް ވަނީ ބަޔާންގެ ގޯލު ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ. ނަމަވެސް މާ ގިނައިރެއް ނުވެ 66 ވަނަ މިނެޓުގައި ގްނަބްރީ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ޖަހައިދީފަ އެވެ.
ލައިޕްޒިގުގެ ދެވަނަ ލަނޑު 77 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ކްރިސްޓޮފާ އެންކޫންކޫ އެވެ. މިއީ އެ ޓީމުގެ ޑެނީ އޮލްމޯ އަށް، ޕާވަޑް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އޮލްމޯ ވަނީ 89 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ލައިޕްޒިގަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އަށް ވަނަ މިނެޓުގައި ލީރޮއީ ސާނޭ ވަނީ ބަޔާންގެ ފަސްވަނަ ލަނޑު ޖަހައިފަ އެވެ.
ކޭންގެ ފުރަތަމަ މެޗުން ބެޔާނަށް ތަށި ގެއްލިއްޖެ
ބެޔާން އަތުން މޮޅުވިޔަސް ބާސާއަކީ ފޭވަރިޓެއް ނޫން: ފްލިކް
ބެޔާނާއި ރެއާލް ވެސް ޗެމްޕިއަންސް ލީގުގައި ބަލިވެއްޖެ
ކޭންގެ ހަތަރު ގޯލާ އެކު ބެޔާނަށް ލަނޑުގެ އީދެއް
ކޮމްޕެނީ؛ ބާންލީ ރެލިގޭޓްވިޔަސް ބެޔާނުން ދިނީ ކޯޗުކަން
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް