Roadha Mihaaru
ބޮޑު މޮޅަކާއެކު ޕްލޭއޮފްގެ ކުރިން ގްރާންޑޭއަށް އިތުބާރު

ސަސް އަތުން ބޮޑު މޮޅެއް ހޯދައި ޕްލޭއޮފްގެ ކުރިން ގްރާންޑޭ އަށް އިތުބާރު

31 ޖުލައި 2022

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ކުރިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން އިތުބާރު ހޯދައިފި އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ކުރިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން އިތުބާރު ހޯދައިފި އެވެ.

އަންނަ ސީޒަންގައި ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރު ކުރުމަށް ކުޅޭ ރލިގޭޝން ޕްލޭއޮފްގައި ވާދަކުރާނީ ދިވެހި ލީގު ތާވަލުގެ އެންމެ ފަހަތުގައި ގްރާންޑޭ އާއި ސަސްގެ އިތުރުން ދެވަނަ ޑިވިޝަންގެ ފައިނަލަށް ދާ ދެ ޓީމެވެ.

ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅޭ ޕްލޭއޮފް ބުރަށް ފަހު އަންނަ ސީޒަންގައި ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ އެންމެ ގަދަ ދެ ޓީމަށެވެ. ސަސްގެ މައްޗަށް ގްރާންޑޭއިން ހޯދި މޮޅަކީ މި ސީޒަންގައި ވެސް އެ ޓީމުން ހޯދި ހަމައެކަނި މޮޅެވެ. އަށް ޓީމު ވާދަކުރާ ތާވަލުގެ ފުލުގައި އެ ޓީމު އޮތީ ފަސް ޕޮއިންޓާއެކު އެވެ. ހަތްވަނައިގައި ސަސް އޮތީ 15 ޕޮއިންޓާއެކު އެވެ.

މިއަދުގެ މެޗާއެކު މި ދެ ޓީމަށް ވަނީ ލީގު ނިމިފަ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސަސް އިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.

ގްރާންޑޭއިން ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން ސަސްގެ ކީޕަރު ފަރްހާން މަސައްކަތް ކުރަނީ: އޭނާ ބެލެހެއްޓި ގޯލަށް ސަސް އިން ވަނީ ހަ ލަނޑު ޖަހާފަ --- ފޮޓޯ؛ އެފްއޭއެމް

ގްރާންޑޭއިން ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން ސަސްގެ ކީޕަރު ފަރްހާން މަސައްކަތް ކުރަނީ: އޭނާ ބެލެހެއްޓި ގޯލަށް ސަސް އިން ވަނީ ހަ ލަނޑު ޖަހާފަ --- ފޮޓޯ؛ އެފްއޭއެމް

އެ ޓީމުގެ އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސް ވަނީ ހެޓްރިކް ވެސް ހަދައިފަ އެވެ. ގްރާންޑޭގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ޖެހީ އަބްދުﷲ ޖުނައިދެވެ. އަނެއް ތިން ލަނޑު ޖަހައި ނިކޮލަސް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭނާ ހެޓްރިކް ހެދީ ގާތްގަނޑަކަށް 15 މިނެޓް ތެރޭގަ އެވެ.

ގްރާންޑޭގެ ދެވަނަ ލަނޑު އޭނާ ޖެހީ 30 ވަނަ މިނެޓްގަ އެވެ. އޭގެ ހަ މިނެޓް ފަހުން އިތުރު ލަނޑެއް އޭނާ ޖެހި އެވެ. ސަސްގެ ހަމައެކަނި ލަނޑު މެޗުގެ 38 ވަނަ މިނެޓްގައި ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ނިކޮލަސް ވަނީ ހެޓްރިކް ހަދައިފަ އެވެ. ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖަހަން ގްރާންޑޭ އަށް އުނދަގޫވި އެވެ. ނިކޮލަސް އަށް ވެސް ދެވަނަ ހާފުގައި ސަސްގެ ގޯލް ފޫއަޅުވާލުމުގައި އުނދަގޫ ކުރިމަތިވި އެވެ. ގްރާންޑޭގެ ފަސްވަނަ ލަނޑު އޭނާ ޖެހީ 75 ވަނަ މިނެޓްގަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ގްރާންޑޭގެ އަހުމަދު ޝަމާލް ވަނީ ނަތީޖާ 6-1 ށް ބަދަލު ކޮށްލާފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ ޓީސީ ސްޕޯޓްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.