07 އޯގަސްޓް 2022
ރާއްޖޭގެ އިންޓަނޭޝަނަލް ބީޗް ވޮލީބޯލް ރެފްރީ ހުސައިން މުހައްމަދު މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރެފްރީކަން ކޮށްފި އެވެ.
ރާއްޖޭގެ އިންޓަނޭޝަނަލް ބީޗް ވޮލީބޯލް ރެފްރީ ހުސައިން މުހައްމަދު މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރެފްރީކަން ކޮށްފި އެވެ.
މީގެ ކުރިން ވެސް ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވެސް ރެފްރީކަން ކުރި ހުސައިން މިހާތަނަށް އިންސާފު ކުރި މަލްޓި ސްޕޯޓްސް އެންމެ ބޮޑު ގޭމްސް އަކީ މިފަހަރުގެ ކޮމަންވެލްތު ގޭމްސް އެވެ. މި ގޭމްސްގެ ނުވަ މެޗުގައި އޭނާ ވަނީ އޮފިޝަލްކަން ކޮށްފަ އެެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާ ހުސައިން ވަނީ މީގެ ކުރިން އެފްއައިވީބީ ވޯލްޑް ޓުއާ މުބާރާތުގައި ރެފްރީކަން ކޮށްފަ އެވެ. ކުޅިވަރު ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ހުސައިން ވަނީ 2017 ގައި ޗައިނާގައި ބޭއްވީ 23 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރެފްރީކަން ކޮށްފަ އެވެ.
ވީއޭއެމްގެ ޖެނަރަލް ސެކެރެޓަރީގެ މަގާމު ވެސް އަދާ ކުރެއްވި ހުސައިން ވަނީ އޭޝިއަން ބީޗް ގޭމްގައި 2016 އަދި 2014 ގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އަންނަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޗެފް ޑެ މިޝަންގެ މަގާމަށް ހަމަޖައްސާފައިވާ ހުސައިން ވަނީ 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗު ވޮލީގެ ފައިނަލު މެޗުގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ މުހިންމު މެޗުތަކަށް ވެސް އިންސާފު ކުރި އެވެ.
ރާއްޖޭގެ އަފްސަހު އާއި ސިނާން މެދުގައި: ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ ފައިނަލުގައި ދެ އޮފިޝަލުން ވަނީ އިންސާފުކޮށްފަ --- ފޮޓޯ: ސާފް
މިދިޔަ ހަފުތާގައި ރާއްޖޭގެ ފުޓްބޯޅަ ދެ އޮފިޝަލުން ކަމަށްވާ ރެފްރީ ކަމަށްވާ ސިނާން ހުސައިން އާއި އެސިސްޓެންޓް ރެފްރީ އަފްސަހް އަހުމަދު ވަނީ ވަނީ ސަރަހައްދީ ފުޓްބޯޅައިގެ މުހިންމު މުބާރާތެއް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލު މެޗަށް ނުކުމެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ސީނިއާ މުބާރާތް ނެގުމަށް ފަހު ސަރަހައްދުގައި އެންމެ ފޯރިގަދަ މުބާރަތަކީ 20 އަހަރުން ދަށުގެ މުބާރާތެވެ.
ބަންގްލަދޭޝް އާއި އިންޑިއާ ކުޅުނު ފައިނަލު މެޗަށް ނުކުތުމުގެ ކުރިން އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އާއި އިންޑިއާ ކުޅުނު މެޗަށް ވެސް އިންސާފް ކުރަން ސިނާން އާއި އަފްސަހް ވަނީ ނުކުމެފަ އެވެ. ބަންގްލަދޭޝް އާއި ނޭޕާލް ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗަށް ވެސް ނުކުތެވެ. ސިނާން ރެފްރީގެ ދައުރު އަދާ ކުރި އިރު އަފްސަހް އަދާ ކުރީ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ރޮނގު ބެލެހެއްޓުމެވެ. އަދި ސިނާން ވަނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ ކުޅުނު މެޗާއި އިންޑިއާ އާއި ނޭޕާލް ކުޅުނު މެޗުގައި ފޯތު އޮފިޝަލްކަން ވެސް ކޮށްފަ އެވެ.
އިންޓަނޭޝަނަލް މުބާރާތްތަކުގައި ޓެކްނިކަލް އޮފިޝަލުކަން ކުރި ރާއްޖޭގެ އޮފިޝަލުންގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ 2002 ގެ ފީފާ ވޯލްޑް ކަޕްގައި އެސިސްޓެންޓް ރެފްރީކަން ކުރި މުހައްމަދު ސައީދެވެ. ފީފާގެ ރެފްރީސް ޑިޕާޓްމެންޓްގެ މިހާރުގެ ހެޑް ޕިއާލުއީޖީ ކޮލިނާ އާއެކު އިންގްލެންޑާއި އާޖެންޓީނާ ކުޅުނު މެޗުގެ ސެކަންޑް އެސިސްޓެންޓް ރެފްރީކަން ކޮށްފަ އެވެ. އަދި ޖަރުމަނާއި ކެމެރޫން ކުޅުނު މެޗުގައި ފަސްޓް އެސިސްޓެންޓް ރެފްރީކަން ވެސް ކުރި އެވެ.
މިދިޔަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު) ވަނީ ކޯޓް އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރި ވެފަ އެވެ.
ކުރިއަށް އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބާސްކެޓްބޯޅައިގެ ގޭމް އޮފިޝަލް ހައްވާ އިޝްރާން ހަރަކާތްތެރިވާނެ އެވެ. އޭނާ އަކީ އިންޓަނޭޝަނަލް މުބާރާތެއްގައި މަސައްކަތް ކުރާ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ފުރަތަމަ އަންހެން އޮފިޝަލެވެ.
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ރާއްޖޭގެ މައްސަލަ ސާފްގެ ކޮންގްރެސްގައި ފެންމަތިކޮށްފި
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ޓޮމްގެ ވާހަކަ: ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ!