ޑޮކްޓަރީ ބޭހަށާއި މެޑިކަލް ކޮންސިއުމަބްލްސް އަށް ކުރާ ހޭދަ ކުޑަކުރުމަށް، އެއްފަހަރާ ގަނޑުކޮށް، ގަތުމަށް ބޭރުގެ ބަޔަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
16 އޯގަސްޓް 2022
ޑޮކްޓަރީ ބޭހަށާއި މެޑިކަލް ކޮންސިއުމަބްލްސް އަށް ކުރާ ހޭދަ ކުޑަކުރުމަށް، އެއްފަހަރާ ގަނޑުކޮށް، ގަތުމަށް ބޭރުގެ ބަޔަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބޭހާއި މެޑިކަލް ކޮންސިއުމަބްލްސްގެ ބަލްކް ޕްރޮކިއުމަންޓް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އެހެން ގައުމެއްގެ މެޑިކަލް ސާވިސް ކޯޕަރޭޝަނެއް ނުވަތަ ބަލްކް ޕްރޮކިއުމަންޓް ހިންގާ، އެ ކަމަށް ހާއްސަ އެޖެންސީއަކާއެކު ކަމަށެވެ.
ބޭރުގެ ދެ ފަރާތަކާ ގުޅިގެން އެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި އަހަރުގެ ފަހު ކުއާޓާގައި ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ތަންފީޒު ކުރަން ފެށޭނެ ކަމަށް ލަފާކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ގަތުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެ އެވެ. އޭގެ ތެރޭގައި މާސްކާއި އަންގި އާއި ސިރިންޖާއި ބެންޑޭޖު އަދި އޮޕަރޭޝަން ކުރުމަށް ބޭނުންވާ އެކި އާލާތްތައް ހިމެނެ އެވެ.
ގިނަ ތަންތަނަށް އެ ތަކެތި ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން ވެސް ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކަށް ސިއްހީ ސާމާނު ފޯރުކޮށްދެ އެވެ.
ބޭހަށް ވެސް ސަރުކާރުން ބޮޑު ހަރަދެއްކުރެ އެވެ.
އާސަންދައިގެ މި އަހަރުގެ ބަޖެޓަށް އެކަނި ވެސް 730 މިލިއަން ރުފިޔާ ކަނޑައެޅިއިރު، އަހަރު ދެބައި ވިއިރު އޭގެ ބޮޑުބައި ހުސްވެއްޖެ އެވެ. އަދި އެ ބޭސްތަކަށް އަހަރެއްގެ މައްޗަށް 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ސަރުކާރުން ކުރެ އެވެ.
އެހެންވެ، އެއްފަހަރާ ގިނަ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ގެންނަން ފެށުމުން އެ ކަންކަމަށް ކުރާ ހޭދަ ކުޑަވާނެ ކަމަށް ފިނޭންސުން ބުނެ އެވެ.
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި
ކުދި ރަށްރަށުގެ ސިއްހީ ހިދުމަތަށް 9.8މިލިއަންގެ ލޯނު
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި
އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސްތައް ލިބުން ދަތިވެއްޖެ
ބޭހުގައި ޒަހަރު، މިފަހަރު ސަލާމަތްވީ ނަސީބަކުން!
ފެންވަރު ދަށް ބޭހުން ހަފުސްވިޔަސް ކަމަކަށް ނުވޭ!