Roadha Mihaaru
"ކަންކަން އިސްލާހުކުރަން މަސައްކަތްކުރަނީ ކޮން ބައެއް"

އިމްރާންގެ ސުވާލެއް: މައްސަލަތައް އިސްލާހުކުރަން މަސައްކަތްކުރަނީ ކޮން ބައެއް؟

09 އޯގަސްޓް 2022

ރާއްޖޭގައި ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް ހުއްޓަސް އެ ކަންތައްތައް އިސްލާހުކުރަން މަސައްކަތް ކުރަނީ ކޮން ބައެއްތޯ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ސުވާލު އުފައްދަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް ހުއްޓަސް އެ ކަންތައްތައް އިސްލާހުކުރަން މަސައްކަތް ކުރަނީ ކޮން ބައެއްތޯ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ސުވާލު އުފައްދަވައިފި އެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގައުމެއްގެ ހާލަތު ރަނގަޅު ވާނީ ވެސް ނުވަތަ ނުބައި ވާނީ ވެސް އެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށެވެ. ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ވަރަށް ގިނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގައުމުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން އިމްރާން ސުވާލު އުފެއްދެވިއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ރަހުމްކުޑަ ގޮތަކަށް ޒުވާން އަންހެނަކު މަރާލި މައްސަލައާ ގުޅިގެން މުއައްސަސާތަކަށް ފާޑުކިޔާފައިވެ އެވެ.

އެ މަރުގެ ތުހުމަތަށް 23 އަހަރުގެ ފިރިހަނަކު ހައްޔަރުކޮށް ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

އޭގެ އިތުރުން، ފިރިހެނުންތަކެއް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާ އެކު ވެސް އިދާރާތަކަށް އާއްމުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ބަންގްލަދޭޝްގެ އަލަމްގީރް ނަމަކަށް ކިޔާ ފިރިހެނަކާ އެކު ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައިވެ އެވެ. އެއީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމްފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އަބްދުއްރަހްމާން ރަފީއު ނަމަކަށް ކިޔާ ފުލުހެކެވެ.

ސޯޝަލް މީޑިއާގައި ލީކްވެފައިވާ ވީޑިއޯތަކާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފައިވެ އެވެ.