Roadha Mihaaru
ޔޯގާ ހަމަނުޖެހުން: ހަތަރު މީހަކު ބަންދުން ދޫކޮށްލައިފި

ޔޯގާ ހަމަނުޖެހުން: އިތުރު ހަތަރު މީހަކު ބަންދުން ދޫކޮށްލައިފި

09 އޯގަސްޓް 2022

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ގަލޮޅު ދަނޑު ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އިތުރު ބަޔަކު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ގަލޮޅު ދަނޑު ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އިތުރު ބަޔަކު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ޖޫން 21 ވަނަ ދުވަހުގެ ހަމަޖެހުނުޖެހުމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެކި ދުވަސްތައް މަތިން އެންމެ ފުރަތަމަ ހައްޔަރުކުރީ 21 މީހެކެވެ. އޭގެ ތެރެއިން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝެއިހު ފަޒްލޫން މުހައްމަދު އަދި ޝެއިހް އާދަމް ނިޝާން އެކު މީގެ ކުރިން ވަނީ 10 މީހަކު ދޫކޮށްލައިފަ އެވެ.

އެކަމަކު، އޭގެ ފަހުން ދެ ދުވަހެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިތުރު ހަތަރު މީހަކު ހައްޔަރުކުރި އެވެ.

އެހެންވެ، ޔޯގާގެ ހަމަނުޖެހުމާ ގުޅިގެން މިހާރު ފުލުހުންގެ ބަންދުގައި ތިބީ 15 މީހެކެވެ.

އެ މީހުންނަށް ފުލުހުން ކުރަނީ ޓެރަރިޒަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މާރާމާރީ އަދި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.