ފޭސްބުކް ޕޭޖަކާއި ވެބްސައިޓަކުން ދިވެހި ނޫސްތަކުގެ ކޮންޓެންޓް ހުއްދަ ނެތި ވިޔަފާރި އުސޫލުން ބޭނުންކުރާ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
11 އޯގަސްޓް 2022
ފޭސްބުކް ޕޭޖަކާއި ވެބްސައިޓަކުން ދިވެހި ނޫސްތަކުގެ ކޮންޓެންޓް ހުއްދަ ނެތި ވިޔަފާރި އުސޫލުން ބޭނުންކުރާ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
އެ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު "މިހާރު" އަށް މިއަދު ވިދާޅުވީ، އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
"ނޫސްތަކުގެ ހުއްދަ ނެތި ނޫސްތަކުގެ ކޮންޓެންޓް ލައިގެން އޭގެން މަންފާ ހޯދަމުން ދިޔައީ. އެ ވެބްސައިޓްގައި ހުންނަނީ ނޫސްތަކުގެ ލިޔުންތަކުގެ ކުޑަތަންކޮޅެއް ފެންނަ ގޮތް ހަދާފައި، އިތުރަށް ކިޔަން ބޭނުން ނަމަ ފައިސާ ދީގެން ސަބްސްކްރައިބް ކުރަން ޖެހޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އެ ވެބްސައިޓްގައި ގިނަ ނޫސްތަކެއްގެ ކޮންޓެންޓް ހިމަނާފައި ހުއްޓެވެ. ލިޔުންތައް ކިޔައިލަން މަހަކު 30ރ. ދައްކަން ޖެހޭއިރު، އެ ފައިސާ ޓްރާންސްފާ ކުރަން ޖެހޭ އެކައުންޓް ނަންބަރު ވެސް ހިމަނާފައިވެ އެވެ.
"އެ އެކައުންޓް ނަންބަރު އަޅުގަނޑުމެން ބެލިއިރުގައި އެއީ ހަމަ އަމިއްލަ މީހެއްގެ އެކައުންޓް ނަންބަރެއް. އޭގެ ތަފުސީލާ ވެސް އެކީގައި އަޅުގަނޑުމެންނަށް އެ މައްސަލަ ޕޮލިހަށް ހުށަހަޅަނީ،" ޝަފާއު ވިދާޅުވި އެވެ.
އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން އެމްއެމްސީން ނިންމުމާ އެކު އެ ވެބްސައިޓް މިހާރު ވަނީ ޑައުންކޮށްފަ އެވެ. އަދި އެ ފޭސްބުކް ޕޭޖު ވެސް މިހާރު ނުފެނެ އެވެ.
ރާއްޖޭގައި އަމަލުކުރަމުން އަންނަ ކޮޕީރައިޓާ ބެހޭ ގާނޫނު ބުނާ ގޮތުން، މީހެއްގެ ލިޔުމެއް އަދި މަޒުމޫނެއް ވިޔަސް އެ މީހާގެ ހުއްދަ ނެތި ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ ޖިނާއި ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 50,000ރ. އާއި 300,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.
އެންމެ ފަހުން ޝުއައިބާ ފުލުހުން ސުވާލު ކުރަނީ
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ހަމަނުޖެހުމަށް ހިތްވަރު ދިންކަމަށް ބުނެ ހައްޔަރު
ރައީސަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި
ރައީސަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފި
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
"ބޮޑު ތުހުމަތެއް، ޝަހުބާން އިސްތިއުފާ ދޭންޖެހޭނެ"
ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ބަލައިދޭން އެދިއްޖެ
ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަން ގޮވާލައިފި
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!