ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަންނަ އޮކްޓޫބަރު މަހު ބޭނުން ކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
12 އޯގަސްޓް 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަންނަ އޮކްޓޫބަރު މަހު ބޭނުން ކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަޅަން ފަށައި އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު، 2018 ގައި ރަސްމީކޮށް ހުޅުވި އެ ރަންވޭ ބޭނުންކުރަން ނުފަށާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް ވިދާޅުވީ އޮކްޓޫބަރުގައި ބޭނުންކުރަން ފަށާން ނިންމާފައިވާ ކަމަށާއި ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް އާ ރަންވޭގެ ބޭނުން ކުރަން ފެށުމުން އެ އެއާޕޯޓުގެ އޮޕަރޭޝަން އިތުރަށް އަވަސް ކުރެވޭނެ ކަމަށެވެ.
"މިހާރު މިއުޅެނީ ޓެސްޓިން ފޭސްގައި. ފްލައިޓް ޑެލިބެރޭޝަން ފޭސް ވަރަށް އަވަހަށް ފެށިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ހުރި އިންފްރާސްޓްރަކްޗާތައް ހުޅުވުން،" އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ، އާ ރަންވޭއާ އެކު ފްލައިޓުތައް އެއާޕޯޓު މަތީގައި އެވްރެޖްކޮށް އޮންނަ ވަގުތު 15 މިނެޓުން ތިން މިނެޓަށް ކުޑަކުރެވޭނެ ކަމަށެވެ.
ރަންވޭ ބޭނުން ކުރަން ފެށުން ލަސްވީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުގެ މަސައްކަތް ކުރާތީ އެވެ. އެހެން ނަމަވެސް މިހާރު ވަނީ އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފަށައިފަ އެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭއަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.
އާ ރަންވޭއާ އެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.
ހަގީގަތް އޮޅުވާނުލައި ހައްގު ކްރެޑިޓް ދީ!
ބާ ރަންވޭ އަށް އަލްވަދާއު ކީ ޓާކިޝް އެއާލައިން
އާ ރަންވޭއާ އެކު މުޅި މަންޒަރު ބަދަލުވާނެ!
ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި
އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
އާ ރަންވޭ ނުހުޅުވާ މައްސަލަ މަޖިލީހުން ބަލަނީ
އާ ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށަނީ
އާ ރަންވޭ ބޭނުންކުރަން ފަށާނީ އޮގަސްޓް ހިސާބުގައި
އާ ރަންވޭ ބޭނުންކުރަން ފަށާނީ އަންނަ އަހަރު