ރަށްރަށުން ހިޖުރަކޮށްގެން މާލެ އައިސް ދަފްތަރުގައި ޖެހުނު ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
18 އޯގަސްޓް 2022
ރަށްރަށުން ހިޖުރަކޮށްގެން މާލެ އައިސް ދަފްތަރުގައި ޖެހުނު ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އަސްލަމްއާ ސުވާލު ކުރައްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޭއިރު ދަފްތަރުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެ ފުރުސަތު ލިބުމުގައި މައްސަލަތަކެއް ހުރި ކަމަށެވެ. އެ ފަރާތްތަކަށް ސްކީމްގައި ބައިވެރިވެވޭ ގޮތަށް ޝަރުތު އިސްލާހު ކުރަން ސަރުކާރުން ވިސްނަވަންތޯ ސަލީމް ސުވާލު ކުރެއްވި އެވެ.
އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މާލެއިން ގޯތި ދިނުމަކީ ސަރުކާރުން ނިންމާފައި އޮތް ގޮތް ކަމަށެވެ. ރަށްރަށުން މާލެ ހިޖުރަކޮށްގެން ދަފްތަރުގައި ޖެހޭ ފަރާތްތަކަށް އެ ފުރުސަތެއް ނޯންނާނެ ކަމަށާއި ނަމަވެސް އެ ފަރާތްތައް މާލޭގައި ދިރިއުޅެމުން ލިބިފައިވާ ދަރިއަކަށް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުން އެހެން ތަނެއްގައި ރަޖިސްޓްރީ ވެވެން ނެތިގެން ދަފްތަރުގައި ޖެހިފައި ތިބި ނަމަ ފުރުސަތު އޮންނާނެ އެވެ.
ގޯތި ދިނުމުގެ ޝަރުތު ބަދަލުކޮށް އެ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ދަފްތަރު އެކްސްލޫޑް ކުރީކީ ނޫން އަޅުގަނޑުމެން އެކްސްލޫޑް ކުރީ މާލެ އަށް ރަށްރަށުން ހިޖުރަކޮށް ދަފްތަރަށް ބަދަލުވި ފަރާތްތައް. -- އަސްލަމް
"ދަފްތަރު އެކްސްލޫޑް ކުރީކީ ނޫން އަޅުގަނޑުމެން އެކްސްލޫޑް ކުރީ މާލެ އަށް ރަށްރަށުން ހިޖުރަކޮށް ދަފްތަރަށް ބަދަލުވި ފަރާތްތައް،" އަސްލަމް ވިދާޅުވި އެވެ.
މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމާއި ރަށްރަށުން މާލެ އައިސް ދިރިއުޅެން ޖެހިފައިވާ މީހުންނަށް ގޯއްޗަށް ކުރިމަތި ނުލެވޭތީ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑު މޫވްމަންޓެއް ފަށައިފަ އެވެ. އެ މައްސަލާގައި ޕެޓިޝަނެއް ހަދައި އެތައް ބަޔަކު އަންނަނީ އުސޫލުތައް ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ މެއި މަހު
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
މާލޭ މީހުންނަށް ގޯތިދޭން ބިމެއް ހިއްކަނީ
ފަޅުން ގޯތި ދިނީ އަވަހަށް ހިއްކާ ނިމޭނެތީ: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ހައިދަރު ދިފާއުކުރައްވައި ނަޝީދުގެ ނުރުހުން އަސްލަމަށް!
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް