މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ދައުވާކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
21 ނޮވެމްބަރ 2023
މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ދައުވާކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، ހައިދަރަށް ރުހުން ނުދޭން އެމްޑީޕީ މެންބަރުން ވާހަކަދައްކަވާފައިވަނިކޮށް މަޖިލީހުގައި ނަޝީދު މިއަދު ވިދާޅުވީ، އާ ހައުސިން މިނިސްޓަރަށް އިންތިހާއަށް އިތުބާރު އެބައޮތް ކަމަށެވެ. ކެބިނެޓަށް ރުހުން ނުދީ ތިބުމުގެ ޖާގައެއް މަޖިލީހަށް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ގޯއްޗާއި ފްލެޓް ދިން ގޮތުން އޮތީ އަސްލަމްގެ މައްސަަލަ އެވެ.
ހައުސިން މިނިސްޓަރަކަށް މިދިޔަ ސަރުކާރުގައި އަސްލަމް ހުންނަވައިގެން ދެ ވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކުރެއްވުމަށް "މާލެ ފޮތިފޮތި" ކޮށްލައިގެން ފްލެޓާއި ގޯތި ދިނީ ބޭނުންވާ ބަޔަކަށް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. މިއީ "ޖަރީމާ"އެއްގެ ގޮތުގައި ސިފަ ކުރައްވައި ނަޝީދު ވިދާޅުވީ މި ކަމުގައި ޝަކުވާ ނުކުރާ މާލޭގެ އެކަކުު ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"ހައިދަރަކަށް ނޫން ރުހުން ނުދޭންވީ. އަޅުގަނޑުމެން ކުރީގެ ހައުސިން މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލާންވީ،" ނަޝީދު ވިދާޅުވި އެވެ.
ހައިދަރަކީ ދިވެހިރާއްޖޭގައި ޕްލޭނިން މިނިސްޓްރީ އުފެދުނީއްސުރެ އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަންނީ ބޭފުޅެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިނިސްޓަރު އިއްޔެ ދެއްކެވި ވާހަކަ ވަރަށް ސާފު ކަމަށެވެ.
މިނިސްޓަރު އިއްޔެ ދެއްކެވި ވާހަކައަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ޕްރޮސެސް ހިންގި ގޮތް ގޯސް ވާހަކަ އެވެ. ފްލެޓަށް މާކްސް ދެވޭނީ އެކަން ކުރުމަށް ފީޑް ކޮށްދީފައިވާ ޑާޓާއެއްގެ މައްޗަށް ކަމަށާއި އެ ޑާޓާ އޮތީ ގޯސް ކޮށް ކަމަށް ވުމުން، އެ ހައްގު މީހުން ހޯދަން އަލުން އެ ރިވިއު ކުރަން ޖެހޭނެ ވާހަކަ މިނިސްޓަރު ދެއްކެވުމަކީ މައްސަލައެއް ނޫން ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފްލެޓު ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހެ އެވެ. ގޯތި ދޭނެ ބިން ނެތް ކަމަށާއި މި ކަމަށް ހައްލެއް ހޯދޭނީ ޑރ. ހައިދަރުގެ ފަންނީގެ ތަޖުރިބާއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މާލޭ މީހުންނަށް ގޯތިދޭން ބިމެއް ހިއްކަނީ
ހައިދަރުގެ ޖަވާބާ މެދު ނުރުހުންވެ ޖަލްސާ ހުއްޓުވައިފި
ހުޅުމާލެ 2ގެ ގޯތިތައް އޮކްޓޫބަރުގައި ހަވާލުކޮށް ނިމޭނެ
ހައިދަރަށް މަޖިލިހަށް ވަޑައިނުގެންނެވުނު
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ
4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ނުހިމެނޭ
ރިވިއު ކުރާ ފްލެޓް ލިސްޓު އޮކްޓޯބަރުގައި އާންމުކުރަނީ
ހައުސިން މިނިސްޓްރީން މަޖިލީހަށް ނުދިއުމުން ނުރުހުން!
ގުޅިފަޅާއި ގިރާވަރުފަޅުގެ އެލްޔޫޕީ އަލުން ހަދައިފި
ފްލެޓް ދޫކުރަން މިނިވަން ކޮމެޓީއެއް އެކުލަވާލަނީ