ގދ. ރަތަފަންދޫގައި ގޭސް ފުޅިއެެއް ގޮވައި ފިހުނު މީހާ އަށް މާލެ ގެނެސް ފަރުވާދެނިކޮށް ރޭ ފަތިހު ނިޔާވެއްޖެ އެވެ.
21 އޯގަސްޓް 2022
ގދ. ރަތަފަންދޫގައި ގޭސް ފުޅިއެެއް ގޮވައި ފިހުނު މީހާ އަށް މާލެ ގެނެސް ފަރުވާދެނިކޮށް ރޭ ފަތިހު ނިޔާވެއްޖެ އެވެ.
އެ ރަށު ކައުންސިލް މެމްބަރަކު، "މިހާރު" އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު، 55 އަހަރުގެ އަންހެން މީހާ ފިހުނީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ގޭސް ފުޅި ގޮވައި، އޭނާގެ ހެދުމުގައި އަލިފާން ހިފައިގެން ކަމަށެވެ. އެ ހާދިސާގައި އަންހެން މީހާގެ މޫނު ވެސް ވަރަށް ބޮޑަށް ފިހުނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު ހަމަ އެ ދުވަހު، ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޭނާ ގެންދިޔަ އެވެ.
އެ ހޮސްޕިޓަލާ ހަވާލާދީ މެމްބަރު ވިދާޅުވީ އަންހެން މީހާގެ ހަށިގަނޑުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް ފިހިފައިވާ ކަމަށެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ ހެނދުނު 6 ހާއިރު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އަންހެން މީހާގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ރަތަފަންދޫ މީހެއްގެ މަރުގެ މައްސަލަ ފުލުހުން ބަލަނީ
ރަތަފަންދޫން ނަޑެއްލާއަށް ދިޔަ މީހަކު ގެނބިގެން މަރު
ކޭޕޮޕް ލަވަކިޔުންތެރިޔާ ވީސަން މަރުވެއްޖެ
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ބޮލީވިއާގައި ހިނގި ދެ އެކްސިޑެންޓެއްގައި 70 މަރު
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ