Roadha Mihaaru

ބޮލީވިއާގައި ހިނގި ދެ އެކްސިޑެންޓެއްގައި 70 މަރު

ބޮލީވިއާގެ ދެކުނުގައި ބަހަކާއި ޕިކަޕް ޓްރަކެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 31 މީހުން މަރުވެފައިވާއިރު، ފާއިތުވި ދުވަސްތަކުގައި އެ ސަރަހައްދުގެ މަގުތަކުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 70 އަށް އަރާފައިވާ ކަމަށް ބުނެފި އެވެ.

ދެކުނު ޕޮޓޯސީ ޑިޕާޓްމަންޓުގައި މި އެކްސިޑެންޓް ހިނގާފައި މިވަނީ ލެޓިން އެމެރިކާގެ އެންމެ ބޮޑު އެއް ފެސްޓިވަލް ކަމަށްވާ އޮރޫރޯ ކާނިވަލަށް ދަތުރުކުރަމުން ދިޔަ ބަހަކާއި އުޔޫނީ ސިޓީ ކައިރީގައި އެހެން ބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 37 މީހުން މަރުވިތާ ދެ ދުވަސް ފަހުންނެވެ.

ހޯމަ ދުވަހު މި އެކްސިޑެންޓް ހިނގާފައި ވަނީ ޕޮޓޯސީ ސިޓީގެ އުތުރުން ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި ކަމަށާއި އޮރޫރޯ ފެސްޓިވަލްތަކަށް ދިޔަ މީހުން ވެސް އެކްސިޑެންޓުގައި މަރުވި ކަމަށް ބުންޏެވެ.

ބަހާއި ޓްރަކް ޖެހުނު އެކްސިޑެންޓުގައި 31 މީހުން މަރުވި އިރު 21 މީހަކު ޒަހަމްވި އެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދަށް މީހުން އެއްވެފައި.

އެކްސިޑެންޓު ހިނގި ސަރަހައްދަށް މީހުން އެއްވެފައި.

މި އެކްސިޑެންޓު ހިނގީ ޕިކަޕް ޑްރައިވަރު، ވެހިކަލްތައް އަންނަ ދިމާލަށް ސީދާ ކުރިމަތިވާ ގޮތަށް ބަސް ދުއްވުމުން ކަމަށާއި މީހުން މަރުވި ހާދިސާގެ އިހުމާލަށް އޭނާގެ މައްޗަށް ތަހުގީގު ހިންގާނެ ކަމަށެވެ.

ކުރިން ހިނގި ބަސް އެކްސިޑެންޓުގައި، ބަސް ޑްރައިވަރު މަސްތުގެ ހާލަތުގައި އިން ކަމަށް ވަނީ ބެލެވިފަ އެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ބޮލީވިއާގެ ފަރުބަދަމަތީގެ ހަނި މަގުތަކުގައި ވަރަށް އާންމެވެ.

ގާތްގަނޑަކަށް 12 މިލިއަން މީހުން ދިރިއުޅޭ އެ ގައުމުގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި އަހަރަކު އެވްރެޖްކޮށް 1،400 މީހުން މަރުވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ބޮލީވިއާގެ އޮބްޒަވޭޓަރީ އޮފް ސިޓިޒަން ސެކިއުރިޓީން ބުނާ ގޮތުގައި ޓްރެފިކް އެކްސިޑެންޓްތަކުގެ 10.6 ޕަސެންޓް ހިއްސާކުރަނީ ޕޮޓޯސީ އެވެ. މި އަހަރު އެކަނި ވެސް އެ ސަރަހައްދުން އެކްސިޑެންޓުތަކުގައި 120 މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ޕޮޓޯސީގެ ބޭރުގައި، ފަރުބަދައެއްގެ މަތިން ބަހެއް ވެއްޓި 30 މީހުން ވަނީ މަރުވެފަ އެވެ.