Roadha Mihaaru
ލެވަންޑޯސްކީގެ ދެ ލަނޑާއެކު ބާސާ މޮޅުވެއްޖެ

ލެވަންޑޯސްކީގެ ދެ ލަނޑާއެކު ބާސާއިން ސޮސިއެޑާޑް ބަލިކޮށްފި

22 އޯގަސްޓް 2022

ސެން ސެބަސްޓިއަން، ސްޕެއިން (އޯގަސްޓް 22) - މި ސީޒަންގައި ބާސެލޯނާ އާ އަލަށް ގުޅުނު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ޖެހި ފުރަތަމަ ލަނޑާއެކު ރެއާލް ސޮސިއެޑާޑްގެ މައްޗަށް 4-1 ން ބާސާ މޮޅުވެއްޖެ އެވެ.

ސެން ސެބަސްޓިއަން، ސްޕެއިން (އޯގަސްޓް 22) - މި ސީޒަންގައި ބާސެލޯނާ އާ އަލަށް ގުޅުނު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ޖެހި ފުރަތަމަ ލަނޑާއެކު ރެއާލް ސޮސިއެޑާޑްގެ މައްޗަށް 4-1 ން ބާސާ މޮޅުވެއްޖެ އެވެ.

ބަޔާން މިޔުނިކުން ބާސާ އަށް ބަދަލުވި ފޯވާޑް ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

ސެން ސެބެސްޓިއަންގައި ހުންނަ ސޮސިއެޑާޑްގެ ދަނޑު ރެއާލް އެރީނާގައި ކުޅުނު މެޗުން، ބާސާ އަށް ލެވަންޑޯސްކީ ފުރަތަމަ ލަނޑު ޖަހައިދިނީ މެޗު ފެށިގެން 46 ވަނަ ސިކުންތުގެ ތެރޭގަ އެވެ.

ބާސާ އަށް ލީޑުގައި އޮވެވުނީ ފަސް މިނެޓް ވަންދެންނެވެ. ހަވަނަ މިނެޓްގައި އެލެގްޒެންޑާ އިސާކް ވަނީ ސޮސިއެޑާޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ބާސާގެ ކުޅުންތެރިންނާއެކު ލެވަންޑޯސްކީ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ބާސާގެ ކުޅުންތެރިންނާއެކު ލެވަންޑޯސްކީ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ބާސާއިން މެޗުގެ ނަތީޖާ ބަދަލު ކުރީ ދެވަނަ ހާފުގަ އެވެ. މެޗުގެ 66 ވަނަ މިނެޓްގައި އުސްމާން ޑެމްބެލޭ ބާސާ އަށް ލިޑް ނަގައިދިނެވެ. އޭގެ ދެ މިނެޓް ފަހުން ލެވަންޑޯސްކީ ވަނީ އޭނާގެ ދެވަނަ ލަނޑުޖަހައި ނަތީޖާގެ ފަރަގު ފުޅާކޮށް ދީފަ އެވެ.

ބާސާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ 79 ވަނަ މިނެޓްގަ އެވެ.

ބާސާ އާ ވާދަވެރި އެތުލެޓިކޯ މެޑްރިޑް، ވިޔަރެއާލް އަތުން ބަލިިވީ 2-0 ންނެވެ. އެތުލެޓިކޯގެ ވަންޑާމެޓްރޯ ޕޮލިޓަނޯ ސްޓޭޑިއަމްގައި އެތުލެޓިކޯ ބަލި ކުރަން ވިޔަރެއާލް އަށް ލަނޑުތައް ޖަހައިދިނީ ޔެރްމީ ޕިނޯ އާއި ޖެރާޑް މޮރޭނޯ އެވެ.