25 އޯގަސްޓް 2022
ޓެކްސް އާއި ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި 15 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ޓެކްސް އިދާރާ އިން ބުނެފި އެވެ.
ޓެކްސް އާއި ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި 15 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ޓެކްސް އިދާރާ އިން ބުނެފި އެވެ.
މީރާ އިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ރިސޯޓު ކުލީގެ ބައިންނެވެ. އެއީ 9.4 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުލީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ އާއި ޖޫރިމަނާގެ 6.4 ބިލިއަން ރުފިޔާ އެވެ. އެއީ ދައުލަތަށް ޖުމުލަ ލިބެން ޖެހޭ އާމްދަނީގެ 60 ޕަސެންޓެވެ.
ޖީއެސްޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އާއި އެސްއޯއީތަކުން ޓެކްސް އާއި އެހެނިގެން އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި ނުލިބިވާ 790 މިލިއަން ރުފިޔާ އާއި އިންކަމް ޓެކްސްގެ ގޮތުގައި ނުލިބި ހުރި 318 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. އަދި އެހެނިހެން ޓެކްސްގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުއްޓެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާ އިން މީރާ އަށް ހޯދުނީ 480 މިލިއަން ރުފިޔާ އެވެ.
ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ނުލިބި، ގިނަ ދުވަސްވާ ނަމަ އެ ފަރާތްތަކަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކަށް "ނޭމް އެންޑް ޝޭމް" އުސޫލުން އެ ފަރާތްތަކުގެ މައުލޫމާތުތައް އާންމު ކުރާނެ އުސޫލެއް ވެސް މީރާ އިން ވަނީ އެކުލަވައިލާފަ އެވެ. މީރާ އިން މިހާތަނަށް ވަނީ ނޭމް އެންޑް ޝޭމް އުސޫލުން ރިސޯޓު ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތުތައް އާންމުކޮށްފަ އެވެ. އެ ނަންތައް އާންމުކުރި ނަމަވެސް މިހާތަނަށް އެ ފަރާތްތަކުން ކުއްޔެއް ނުދައްކަ އެވެ.
އިންކަމް ޓެކްސް އާއި ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ޓެކްސް ދައްކާ 70،000 އަށް ވުރެ ގިނަ ފަރާތް ހިމެނެ އެވެ.
މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީންނެވެ.
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހަދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
މުއްދަތު އިތުރުކުރުމުން ޖޫންގެ ޓެކްސް އާމްދަނީ ދަށަށް
ބޮޑު ޓެކްސްއިން ސަލާމަތްވާން އަވަހަށް ޓެކްސް ދައްކައިފި
ޑޮލަރުން ލިބުނު އާމްދަނީ 113 މިލިއަނަށް އިތުރުވެއްޖެ