Roadha Mihaaru
ޓްރަމްޕް ހުވާކުރާ ރަސްމިއްޔާތަށް ހިލަރީ ވަޑައިގަންނަވާނެ

ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހިލަރީ ވަޑައިގަންނަވާނެ

04 ޖެނުއަރީ 2017

ވޮޝިންޓަން (ޖެނުއަރީ 4) - އެމެރިކާގެ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރައްވާ ރަސްމިއްޔާތުގައި އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ހިލަރީ ކްލިންޓަން ބައިވެރިވެވަޑައިގަންނަވާނެކަން ހާމަކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 4) - އެމެރިކާގެ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރައްވާ ރަސްމިއްޔާތުގައި އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ހިލަރީ ކްލިންޓަން ބައިވެރިވެވަޑައިގަންނަވާނެކަން ހާމަކޮށްފި އެވެ.

ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ހިލަރީ ކްލިންޓަން އާއްމު ހަފުލާތަކަށް ވަޑައިގަތުން ވަނީ ވަރަށް ބޮޑަށް މަދުކުރައްވައިފަ އެވެ.

ޖެނުއަރީ 20 ވަނަ ދުވަހު އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޓްރަމްޕް ހުވާ ކުރައްވާ ރަސްމިއްޔާތަށް ކުރީގެ ރައީސް އަދި ހިލަރީގެ ފިރިކަލުން ބިލް ކްލިންޓަން ވެސް ވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް އާއި އަނބިކަނބަލުން ލައުރާ ބުޝް ވެސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ. ޖިމީ ކާޓާ މީގެ ކުރިން ވަނީ އެ ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ކުރީގެ ރައީސް ޖޯޖް ބުޝް، 92، ވަނީ ސިއްހީ ހާލަތު ހުރި ގޮތުން، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.