17 ނޮވެމްބަރ 2016
ވޮޝިންޓަން (ނޮވެމްބަރު 17) - ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕާ ވާދަކޮށް ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އެހެންވެ ގެއިން ވެސް ނުކުންނަހިތް ނުވި ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ނޮވެމްބަރު 17) - ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕާ ވާދަކޮށް ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އެހެންވެ ގެއިން ވެސް ނުކުންނަހިތް ނުވި ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
އިންތިޚާބު ބޭއްވިތާ ހަފުތާއެއް ފަހުން އާއްމުންގެ ތެރެއަށް ފުރަތަމަ ފަހަރަށް ނުކުންނަވާ ވޮޝިންޓަނުގައި އޮތް ޗެރިޓީ ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ދިޔަ ގޮތުން ވަރަށް ގިނަ ބަޔަކު ފުން ވިސްނުމަކަށް ދާން ޖެހުނު ކަމަށެވެ.
"އަޅުގަނޑަށް ވެސް އެއްބަސްވާން ޖެހޭ މިއީ އެހާ ފަސޭހަ ވަގުތެއް ނޫން ކަމަށް،" ޗިލްރަންސް ޑިފެންސް ފަންޑުން ބޭއްވި ހަފުލާގައި ހިލަރީ ވިދާޅުވި އެވެ.
ހިލަރީ ވާހަކަ ދައްކަވަމުން ދިޔަ އިރު އޯޑިއެންސް އިން މޮޅުވެރިކަން ފެނުނު ނަމަވެސް އެކަމަނާ ވަނީ މާޔޫސް ނުވެ ހިތްވަރު އެލުވާ ނުލުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑަށް ވެސް އެނގޭ އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން ވަރަށް ގިނަ ބަޔަކަށް މާޔޫސްކަން ކުރިމަތިވިކަން. އަޅުގަނޑަށް ވެސް ހަމަ އެ އިހުސާސް ކުރެވުނު. މިއީ އެހާ ފަސޭހަ ވަގުތެއް ނޫން،" ހިލަރީ ވިދާޅުވި އެވެ.
ޗިލްރަންސް ޑިފެންސް ފަންޑުގެ ޗެރިޓީ އިވެންޓުގައި ހިލަރީ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
އެކަމަނާ އަދި ވިދާޅުވީ އިންތިޚާބަށް ފަހު އެމެރިކާ ވަރަށް ބޮޑަށް ބައިބައިވެފައިވާ ކަމަށާއި އެކަމަކު އުސޫލްތައް ދޫނުކޮށް ކުރިއަށް ވަޑައިގަތުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގައި ހިލަރީ ވަނީ އެ ޗެރިޓީގައި ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. އަދި ފަހުން ވަނީ ޑިރެކްޓަރުން ބޯޑު ޗެއާ ކުރައްވައިފަ އެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ކުޑަ ކުދިންގެ ހައްގުތަކަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެމެރިކާގައި މިހާރު ވެސް ފަގީރު ހާލަތަކުގައި އުޅޭ 31 މިިލިއަން ކުޑަ ކުދިން އެބަތިބި ކަމަށް ހިލަރީ ވިދާޅުވި އެވެ.
މުޅި ރައްޔިތުންގެ ވޯޓަށް ބަލާއިރު ހިލަރީ ވަނީ ޓްރަމްޕުގެ މައްޗަށް މިލިއަނެއްހާ ވޯޓުން ކުރި ހޯއްދަވައިފަ އެވެ. ނަމަވެސް ޓްރަމްޕް ވެރިކަމަށް ހޮވިވަޑައިގެންނެވީ 290 އިލެކްޓޯރަލް ވޯޓު ހޯއްދަވައިގެންނެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ.
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ
އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އުވާލަން ހުށަހަޅައިފި
ޓްރަމްޕަށް ވޯޓު ދިން އަންހެނުން ވެސް މަދެއް ނޫން
ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް
ޓްރަމްޕަށް ގައުމު ހިންގަން ފުރުސަތު ދޭން ޖެހޭ: ހިލަރީ
ޓްރްމްޕުގެ ކާމިޔާބީއާ އެކު ފަލަސްތީނުގެ ކަންތައް ނިމުނީ
ވޯޓު ގުނަން ފަށައިފި، މިހާތަނަށް ކުރީގައި ޓްރަމްޕް