މީގެ 14 އަހަރު ކުރިން އިންޑިއާގެ ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކެއްގައި ހިންދީގެ ގިނަ އަދަދެއްގެ ބަޔަކު ވެގެން މާބަނޑު މުސްލިމް އަންހެނަކު ރޭޕްކުރި މައްސަލައިގައި އުމުރަށް ޖަލަށް ލާފައި ތިބި 11 މީހުން މިނިވަންކުރުމާ ގުޅިގެން، އިންޑިއާގެ އެކި ސަރަހައްދުތަކުގައި އެކަމާ ދެކޮޅަށް މުޒާހަރާކުރަން ފަށައިފި އެވެ.
މީގެ 14 އަހަރު ކުރިން އިންޑިއާގެ ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކެއްގައި ހިންދީގެ ގިނަ އަދަދެއްގެ ބަޔަކު ވެގެން މާބަނޑު މުސްލިމް އަންހެނަކު ރޭޕްކުރި މައްސަލައިގައި އުމުރަށް ޖަލަށް ލާފައި ތިބި 11 މީހުން މިނިވަންކުރުމާ ގުޅިގެން، އިންޑިއާގެ އެކި ސަރަހައްދުތަކުގައި އެކަމާ ދެކޮޅަށް މުޒާހަރާކުރަން ފަށައިފި އެވެ.
އޭރު ބަނޑަށް ހަ މަހުގައި ބަލިވެ އިން ބިލްގީސް ބާނޯ ރޭޕްކޮށް، އޭނާގެ އާއިލާގެ 14 މެންބަރަކު މަރައިލި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކުރި 11 މީހުން، މި މަހުގެ 15 ވަނަ ދުވަހު މިނިވަންކުރީ، ގުޖުރާތު ސަރުކާރުގެ ނިންމުމަކަށެވެ. އަދަބު މައާފްކޮށްދިނުމަށް އެދި އެމީހުންގެ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެމީހުންގެ ހުކުމް މައާފްކޮށްދިނީ، އެމީހުންގެ އުމުރާއި، ޖަލުގައި ހޭދަކުރި މުއްދަތާއި، އެމީހުން ޖަލުގައި ތިބި އިރު އެމީހުންގެ ސުލޫކު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް، ގުޖުރާތު ސަރުކާރުން ބުނެ އެވެ.
ވެރިރަށް ދިއްލީގައި އިއްޔެ ބޭއްވި މުޒާހަރާގައި ގިނަ އަދަދެއްގެ ފިރިހެނުންނާއި އަންހެނުން މަގުތަކަށް ނުކުމެ، ގުޖުރާތު ސަރުކާރުގެ ނިންމުމާ ދެކޮޅަށް އަޑު އުފުލި އެވެ. މި މުޒާހަރާތަކުގައި ބައިވެރިވި އިންޑިއާގެ ކުރީގެ ފިލްމީ ތަރި ޝަބާނާ އަޒުމީ ބުނީ، ބިލްގީސް ބާނޯ އަށް ކުރިމަތި ކަންތަކަށް ބަލާއިރު، ގުޖުރާތު ސަރުކާރުގެ ނިންމުން ބަލައިނުގަނެވޭނެ ކަމަށެވެ.
Bilkis Bano was the face of the anti- Muslim carnage of Gujarat in 2002. She was five months pregnant when she was gangraped, her 3 year old daughter brutally murdered by the mob. By releasing her accused, the Indian govt has sent a chilling message to Muslims in India. pic.twitter.com/U1Jgc9VZBq
— Rana Ayyub (@RanaAyyub) August 18, 2022
މުޒާހަރާގައި ބައިވެރި ސްކޫލް ދަރިވަރަކު ބުނީ މުޖްތަމައުގައި އަނިޔާވެރި އަމަލުތައް ގިނަވެ، ފާޅުގަ އާއި ސިއްރުގައި އަންހެނުން ރޭޕްކުރުމަކީ ވަރަށް އާދައިގެ ކަމަކަށް މިހާރު ބަދަލުވަމުން އަންނަ ކަމަށެވެ. މިއީ ސުލްހަވެރި މުޖްތަމައަކުން ފެނިގެންވާނެ މަންޒަރުތަކެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
ރޭޕްކުރި މީހުން މިނިވަންކުރުމާ ގުޅިގެން ބިލްގީސް ބުނީ، ގުޖުރާތު ސަރުކާރުގެ އެ ނިންމުމަކީ ބޭއިންސާފު ނިންމުމެއް ކަމަށެވެ. އަދި އިންޑިއާގެ އަދުލު އިންސާފުގެ ނިޒާމާ މެދު އޭނާގެ ހިތުގައި އޮތް އިތުބާރާއި ޔަގީންކަން، ގުޖުރާތު ސަރުކާރުގެ ނިންމުމާއެކު، ހިރަފުހާ އެކުވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.
ރޭޕްކުރި މީހުން މިނިވަންކުރި މައްސަލައިގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ، އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލައި، އިންޑިއާގެ ރިޓަޔާ ކޮށްފައިވާ މަދަނީ މުވައްޒަފުންތަކެއް ވަނީ އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
#BilkisBanoCase | A group of 134 former civil servants has urged the Supreme Court to rectify the Gujarat government’s “horrendously wrong decision” of releasing all 11 men convicted of rape and murder in the #BilkisBano case. https://t.co/2nNKjbZlwt
— Scroll.in (@scroll_in) August 28, 2022
ބިލްގީސް ރޭޕްކުރި ހާދިސާ ހިނގީ، އަޔޯދިޔާގައި އޮތް ހިންދޫންގެ ދީނީ އަޅުކަމެއްގައި ބައިވެރިވުމަށް ފަހު ފެބްރުއަރީ 27، 2022 ގައި އެނބުރި ގުޖުރާތަށް ދަތުރުކުރި ހިންދީންތަކެއް ތިބި ރޭލެއްގައި ބަޔަކު ހުޅުޖަހައި، އޭގެ ތެރެއިން 59 މީހަކު މަރުވި މައްސަލައަށް ބަދަލު ހިފުމަށް ހިންދޫން ހިންގި އަނިޔާވެރި އަމަލުތަކެއްގެ ތެރޭގަ އެވެ.
ހިންދޫން ތުހުމަތުކުރާ ގޮތުގައި އަޔޯދިޔާގެ އަޅުކަމުން އެނބުރި އައި މީހުން ދަތުރުކުރި ރޭލުގައި ހުޅުޖެހީ މުސްލިމުންގެ ބައެކެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން ގުޖުރާތުގެ ހިންދޫންގެ ބަޔަކު ނުކުމެ މުސްލިމުންނަށް ހަމަލާދީ މުސްލިމުންގެ ގެދޮރުގައި ހުޅުޖަހައި އެތައް ބަޔަކު މެރި އެވެ.
ބަދަލު ހިފުމުގެ ހަރަކާތްތައް ފުޅާވާން ފެށުމާ ގުޅިގެން، ފެބްރުއަރީ 28 ވަނަ ދުވަހު ބިލްގީސް އޭނާގެ އަންހެން ދަރިފުޅާއި އާއިލާގެ އިތުރު 15 މެމްބަރުންނާ އެކުގައި، އޭނާ ދިރިއުޅޭ އަވަށް ދޫކޮށް ފިލައިގެން ދިޔަ އެވެ. މާ ދުރު ނޫން ހިސާބެއްގައި އޮންނަ ޗައްޕަރްވާޑް އަވަށަށް ބިލްގީސްގެ އާއިލާއަށް ދެވުނީ މާޗް މަހުގެ 3 ވަނަ ދުވަހު އެވެ.
އެ އަވަށުގެ ބައެއްގެ މެހުމާންދާރީގައި ތިއްބައި، މާޗް މަހުގެ 3 ވަނަ ދުވަހު ހިންދޫންގެ 20-30 ފިރިހެނުން އެ އަވަށަށް އަރައި، ބިލްގީސްގެ އާއިލާ ތިބި ގެއަށް ހަމަލާ ދިނެވެ. އެމީހުން އެ ގެއަށް ވަދެ ބިލްގީސް އާއި އޭނާގެ މަންމަ އާއި އިތުރު ތިން އަންހެނުން ރޭޕްކޮށް އަނިޔާކުރުމަށް ފަހު، ތިން މީހުން ފިޔަވައި ދެން ތިބި އެންމެން މަރައިލި އެވެ. އެ ހާދިސާގައި ފުރާނަ ސަލާމަތްވީ، ބިލްގީސް އާއި އިތުރު ފިރިހެނަކާއި ތިން އަހަރުގެ ކުޑަ ކުއްޖެކެވެ.
އެ ހާދިސާގައި ލިބުނު އަނިޔާތަކާށް ސަރުކާރު ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށް ފަހު، ފުލުހުންގެ ސްޓޭޝަނަކަށް ބަލްގީސް ހާޒިރު މައްސަލަ ޖެއްސުމާ ގުޅިގެން، އިންޑިއާގެ ނޫސްތަކުން އެ ހާދިސާ އަށް ދިން ސަމާލުކަމުގެ ސަބަބުން، އެ ގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން އެ މައްސަލަ ބަލަން ފެށި އެވެ.
އަދި ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެން އިންޑިއާގެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށި އެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފަހު 19 ފިރިހެނެއްގެ މައްޗަށް ދައުވާ ކުރަން މުމްބާއީ ކޯޓަށް ފޮނުވި އެވެ.
އޭގެ ތެރޭގައި ފުލުހުންގެ ހަ އޮފިސަރަކާއި ސަރުކާރު ހޮސްޕިޓަލެއްގެ ޑޮކްޓަރެއް ވެސް ހިމެނެ އެވެ. އެ 19 މީހުންގެ ތެރެއިން ކުށް ސާބިތުވީ 11 ފިރިހެނެއްގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި، މާބަނޑު އަންހެނަކު ރޭޕް ކުރުމާއި ގަސްދުގައި ބަޔަކު މެރުމާއި ގާނޫނާ ޚިލާފަށް އެއްވެ އުޅުމުގެ ކުށް ހިމެނެ އެވެ. ދައުވާ އުފުލި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ، އެމީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ސަލާމަތްވެފަ އެވެ. ޝަރީއަތުގެ މަރުހަލާ ކުރިއަށް ދަނިކޮށް އެކަކު ވަނީ މަރުވެފަ އެވެ.
ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ޕްރޮޑިއުސަރު ބުޝަން އަށް ރޭޭޕްގެ ތުހުމަތު
ޓީވީ އެކްޓަރު ޕާލް ރޭޕްގެ ތުހުމަތަށް ހައްޔަރުކޮށްފި
ޕްރޮޑިއުސަރު ޖެކީ އަށް ޖިންސީ ގޯނާގެ ތުހުމަތު
މިތުންގެ ދަރިފުޅަށް ކުރާ ރޭޕްގެ ތުހުމަތު ޕޮލިހަށް
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
އިންޑިއާގައި އަނެއްކާވެސް ރޭޕް، މަރު، އަންދާލުން
މާބަނޑު އަންހެނަކު ރޭޕްކުރި ފުލުހުން ކުށްވެރިވެއްޖެ
30ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަނިކޮށް އަތުލައިގެންފި