އިންޑިއާގައި އުމުރުން 27 އަހަރުުގެ އަންހެނަކު ރޭޕްކޮށް، މަރާލައި، އޭނާގެ އަންދާލައިފައި އޮތް ހަށިގަނޑު ފެނުމުން، އާންމުން ރަތަށް އަރައިފި އެވެ.
އިންޑިއާގައި އުމުރުން 27 އަހަރުުގެ އަންހެނަކު ރޭޕްކޮށް، މަރާލައި، އޭނާގެ އަންދާލައިފައި އޮތް ހަށިގަނޑު ފެނުމުން، އާންމުން ރަތަށް އަރައިފި އެވެ.
ހައިދަރުއާބާދުގެ ބްރިޖެއްގެ ދަށުގައި އަންދާލާފައި އޮއްވާ ފެނުނު އަންހެންމީހާ ގެއްލުނީ، މިދިއަ ބުދަދުވަހުގެ ރޭ، ޑޮކްޓަރެއްގެ އެޕޮއިންޓްމަންޓަކަށް ގޮސް އެނބުރި ގެއަށް ދިއުމުގެ މަގުމަތީގަ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ ބުރާސްފަތިދުވަހު ހެނދުނެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ މަރާލައި، އަންދާލާފައި ވަނީ އެތައް ބަޔަކު ބައިވެރިވި ގޭންގް ރޭޕްކުރުމަށް ފަހު އެވެ.
ފުލުހުންގެ ސީނިއަ އޮފިސަރެއް ކަމަށް ވާ ޕްރަކާޝް ރެޑީ ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ ގާނޫނު އޮތް ގޮތުން އަންހެން މީހާއަކީ ކާކުކަން ހާމައެއް ނުކުރެވެ އެވެ.
އޭނާގެ ދައްތަ ބުނީ އޭނާ ގެއިން ނުކުތީ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު، ޑޮކްޓަރަށް ދައްކަން ދާން ކަމަށެވެ. އޭގެ ފަހުން ގުޅާފައި ބުނީ، ސައިކަލްގެ ހަން ފެޅިގެން އުޅޭ ކަމާއި ލޮރީއެއްގެ ޑްރައިވަރު އެހީތެރިވަމުން އަންނަ ކަމަށެވެ. އެވަގުތު އޭނާ ހުރީ ހައި ވޭތަކަށް އަރާ އިރު ފައިސާ ދައްކާ ޓޯލެއް ހުންނަ ހިސާބެއްގަ އެވެ.
"އޭނާ އެތަނުގައި ސައިކަލް ޕާކްކޮށްފައި ޑޮކްޓަރު ކައިރިއަށް ދާން ޓެކްސީއެއް ބުކްކުރީ. ނުވައެއް ޖަހާކަން ހާއިރު އެނބުރި އެ ސަރަހައްދަށް ދިޔަ އިރު ސައިކަލްގެ ހަން ފެޅިފައި ހުރި ކަމަށް ބުނި،" ދައްތަ ކިޔައިދިނެވެ.
"ލޮރީ ޑްރައިވަރަކު ބުނި ކަމަށް ވަނީ ހަން ބަންދައިގެން އަތުވެދާނަމޭ، މަޑުކުރާށޭ."
އިންޑިއާގެ ހައިދުރައާބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށް، މަރާލައި، އަންދާލުމުން އޭނާގެ ހައްގުގައި، ޑިސެމްބަރު 30، 2019 ގައި، އާންމުން މުޒާހަރާކޮށް، އަޑު އިއްވަނީ
ދައްތަ ބުނި ގޮތުގައި ރޭގަނޑު ދަންވަމުން ދާތީ އޭނާ ހުރީ ވަރަށް ބިރު ވެސް ގެންފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން އޭނާއަށް ގުޅަން މަސައްކަތްކުރި އެވެ. އެކަމަކު ފޯނު އޭރު އޮތީ ނިވިފަ އެވެ.
އާއިލާ އިން ވަގުތުން އެ ހިސާބަށް ގޮސް، އަންހެން މީހާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި ހަބަރެއް ނުވުމުން ފުލުހުންނަށް މައްސަލަ ހުށައެޅި އެވެ.
ބްރިޖެއްގެ ދަށުގައި އޭނާގެ ހަށިގަނޑު އޮއްވާ ފެނިގެން ފުލުހުންނަށް އެންގީ، ތާޒާ ކިރު ވިއްކަން އުޅުނު މީހެކެވެ. އޭނާގެ ހަށިގަނޑު ދެނެގަތީ، ގަހަނާ ފަދަ އެއްޗިއްސަށް ބިނާކޮށެވެ.
އަންހެންމީހާގެ ނަން ރަސްމީ ފަރާތްތަކުން ހާމަނުކުރިޔަސް، އިންޑިއާގައި ޓްވިޓާ އަހުލުވެރިންގެ ތެރޭގައި ހުކުރުދުވަހު އެންމެ ބޮޑަށް ފެތުރުނީ އޭނާގެ ނަން ޖަހާފައި އޮތް ހޭޝްޓެގެވެ. އިންސާފު ހޯދައިދޭން ގޮވާލުމުގެ އިތުރުން، އަންހެނުންނާ ދެކޮޅަށް އިންޑިއާގައި ހިންގާ އެފަދަ ލާއިންސާނީ އަމަލްތައް ހުއްޓުވަން ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް، އާންމުންގެ ބަހުސްގައި ބުނެފައިވެ އެވެ.
ވެރިރަށް ދިއްލީގައި 2012 ވަނަަ އަހަރު، ބަހެއްގެ ތެރޭގައި ޒުވާން އަންހެނަކު ރޭޕްކޮށް، ކުރި އަނިޔާގައި މަރުވުމާ ގުޅިގެން، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އަދި ރޭޕް ކޭސްތައް ރިޕޯޓްކުރާލެއް ގިނަވި އެވެ. އެކަމަކު އިންޑިއާގައި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލްތައް މަދެއް ނުވެ އެވެ.
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ރޭޕްކުރި މީހުން މިނިވަންކުރުމުން އިންޑިއާގައި މުޒާހަރާ
ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި
ޕްރޮޑިއުސަރު ބުޝަން އަށް ރޭޭޕްގެ ތުހުމަތު
ޓީވީ އެކްޓަރު ޕާލް ރޭޕްގެ ތުހުމަތަށް ހައްޔަރުކޮށްފި
ޕްރޮޑިއުސަރު ޖެކީ އަށް ޖިންސީ ގޯނާގެ ތުހުމަތު
މިތުންގެ ދަރިފުޅަށް ކުރާ ރޭޕްގެ ތުހުމަތު ޕޮލިހަށް
30ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަނިކޮށް އަތުލައިގެންފި
އިޒްރޭލު ޓޫރިސްޓަކާއި އިންޑިއާ އަންހެނަކު ރޭޕްކޮށްފި
އިންޑިއާގައި ޓޫރިސްޓަކު ރޭޕްކޮށް މަރާލުމުން ޖަލަށް