29 އޯގަސްޓް 2022
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ، ތައިވާނަށް ދާދި ފަހުން ކުރެއްވި ޒިޔާރަތާ ގުޅިގެން، އެމެރިކާ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް ތައިވާން ކަނޑުއޮޅި ހުރަސްކޮށް އިއްޔެދަތުރުކޮށްފި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ، ތައިވާނަށް ދާދި ފަހުން ކުރެއްވި ޒިޔާރަތާ ގުޅިގެން، އެމެރިކާ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް ތައިވާން ކަނޑުއޮޅި ހުރަސްކޮށް އިއްޔެދަތުރުކޮށްފި އެވެ.
ތައިވާން ކަނޑުއޮޅި އަކީ ތައިވާންގެ ހުޅަނގު އައްސޭރިން ފެށިގެން، ޗައިނާގެ އިރުމަތީ އައްސޭރިއާ ދެމެދު އޮންނަ 180 ކިލޯމީޓަރުގެ ފުޅާ ސަރަހައްދެކެވެ. ޗައިނާ އިން ދެކޭ ގޮތުގައި މިއީ ތައިވާން ކަނޑުއޮޅިއަކީ ޗައިނާގެ ދާޚިލީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެހެންކަމުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާ އުސޫލުން، އެ ކަނޑުއޮޅީގެ ތެރެއިން އެއްވެސް ބަޔަކަށް ދަތުރު ނުކުރެވޭނެ ކަމަށް ޗައިނާ އިން ބުނެ އެވެ.
ޗައިނާ އަށް ގޮންޖަހައި، އެމެރިކާގެ ދެ މަނަވަރު ތައިވާން ކަނޑުއޮޅިން ދަތުރުކުރީ، އެ ކަނޑުއޮޅީގެ މައްޗަށް ޗައިނާގެ އެއްވެސް ބާރެއް ނެތްކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ. އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި ގޮތުގައި އެމެރިކާގެ ދެ މަނަވަރު ތައިވާން ކަނޑުއޮޅިން ދަތުރުކުރީ އެމެރިކާގެ ސިޔާސަތާ އެއްގޮތަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ މަނަވަރުގެ މި ދަތުރަކީ މާ ކުރިން ތާވަލުކޮށްފައި އޮތް ދަތުރެއް ކަމަށެވެ. އަދި މި ދަތުރަކީ އެމެރިކާ އިން ދަމަހައްޓަމުން އަންނަ "އެއް ޗައިނާ" ސިޔާސަތު ދެމެހެއްޓުމުގެ ގޮތުން ކުރި ދަތުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
‘Destroyer of peace and stability!' China lambasts US as warship enters Taiwan strait https://t.co/Q2f7UFH7Xj oh! yeah ,so the chinese can build as many subs ,boats ,carriers as they want ,threaten people like tawian,,but no body else can??? what is good for one ,is,,,,!!!!
— M. Williamson (@MWillia09537457) September 19, 2021
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ، މި މަހުގެ 2-3 ގައި ތައިވާނަށް ކުރެއްވި ޒިޔާރަތާ ދެކޮޅު ހެދުމުގެ ގޮތުން، ޗައިނާ އިން ވަނީ ތައިވާންގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރޭގަޔާއި ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީންތަކެއް ބާއްވައިފަ އެވެ. އަސްލު ވަޒަނާއި އަސްލު ހަތިޔާރު ބޭނުންކޮށްގެން ބޭއްވި މި ތަމްރީނުތަކުގައި ޗައިނާގެ ގިނަ އަދަދެއްގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ބައިވެރިވި އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި އެ ގައުމުގެ ދެ މަނަވަރު ތައިވާން ކަނޑުއޮޅިން ދަތުރުކުރި އިރު، އެ ސަރަހައްދުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ އަށް މަނަވަރާއި ވައިގެ ސިފައިންގެ 23 މަތިންދާބޯޓު ހަރަކާތްތެރިވަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެއިން އެއްވެސް އުޅަނދެއްގެ ފަރާތުން ނުރައްކާތެރި ހަރަކާތެއް ނުފެންނަ ކަމަށް ބުންޏެވެ.
ޗައިނާގެ ދާޚިލީ ހަނގުރާމަ އަށް ފަހު 1949 ވަނަ އަހަރު، ތައިވާނާއި ޗައިނާ ސިޔާސީ ގޮތުން ވަކިވި ފަހުން، ތައިވާން ކަނޑުއޮޅީގެ މިލްކުވެރިކަމާ މެދު ވަނީ އަރައިރުން އުފެދިފަ އެވެ.
މީގެ 72 އަހަރު ކުރިން، ތައިވާނަކީ ޗައިނާގެ ވެރިކަމުގެ ދަށުގައި އޮތް ވަކި ޖަޒީރާއެކެވެ. ނަމަވެސް 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، އޭރުގެ ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް، ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.
އެއާއެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.
ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.
ޗައިނާއިން މުވާސަލާތު ނުކުރާތީ އެމެރިކާ ރުޅިގަދަވެއްޖެ
ޗައިނާގެ އަސްކަރީ ތަމްރީންތައް ތައިވާން ކައިރީގައި
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި
މަސްރަހު ފިނިކުރަން އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް
ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން
ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި
އެމެރިކާ އާއި ޖަޕާންގެ އަސްކަރީ ގުޅުން ވަރުގަދަކޮށްފި
ރަތް ރޮނގު ހުރަސް ނުކުރަން ދެންނެވިން: ރައީސް ޝީ