އިގްތިސާދީ ގޮތުން އެންމެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ ޗައިނާ އާއި އެމެރިކާއާ ދެމެދު ސިޔާސީ މައިދާނުގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމާ ގުޅޭ ގޮތުން އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ޗައިނާ އަށް ވަޑައިގެންފި އެވެ.
އިގްތިސާދީ ގޮތުން އެންމެ ބޮޑު ދެ ބާރުގެ ގޮތުގައި ބެލެވޭ ޗައިނާ އާއި އެމެރިކާއާ ދެމެދު ސިޔާސީ މައިދާނުގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމާ ގުޅޭ ގޮތުން އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ޗައިނާ އަށް ވަޑައިގެންފި އެވެ.
އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އަބަދުވެސް ބޮޑު ވާދަވެރިކަމެއް އޮންނަ މި ދެ ގައުމުގެ ދެމެދުގައި މަސްރަހު އިތުރަށް ގޯސްވީ، ޗައިނާ އިން ދެކޮޅު ހަދަމުން ދަނިކޮށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ، ތައިވާނަށް ވަޑައިގަތުމާ ގުޅިގެންނެވެ. އޮގަސްޓް 2022 ގައި ނެންސީ ތައިވާނަށް ވަޑައިގަތުމާ ގުޅިގެން، ޗައިނާ އިން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.
އެ މައްސަލައިގައި ޗައިނާ އިން ބުނެފައިވަނީ، ނެންސީގެ އެ އަމަލަކީ ޗައިނާ އިން ގެންގުޅޭ އެއް ޗައިނާ ސިޔާސަތަށް އެމެރިކާ އިން ކުރަމުން އައި ތާއީދު މުގުރައިލުމުގެ އަމަލެއް ކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ޗައިނާގެ ޖާސޫސީ ބިޔަ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ އެމްބެސެޑަރާ ސަލާމް ކުރައްވަނީ -- ފޮޓޯ: އޭއެފްޕީ
މާލީ ވަޒީރު ޖެނެޓް ޗައިނާ އަށް ކުރައްވާ މި ދަތުރަކީ އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އޭނާގެ މި ދަތުރުގައި މައިގަނޑު ގޮތެއްގައި ޗައިނާއާ އެކުގައި މަޝްވަރާ ކުރާނީ، ދެ ގައުމުގެ އިގްތިސާދީ ގުޅުން ރަނގަޅު ކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި ކުރިން އޮތް މުވާސަލާތީ ގުޅުން އަލުން ބަދަހިކުރުމާ ބެހޭ ގޮތުންނެވެ.
އޭނާ ޗައިނާ އަށް ވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގަ އެވެ. މި ދަތުރަށް މަގު ފަހިކުރުމުގެ ގޮތުން އިއްޔެ އޭނާ ވަނީ އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރު ޝީ ފެންގްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.
މާލީ ވަޒީރުގެ ދަތުރާ ބެހޭ ގޮތުން ޗައިނާ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ދެ ގައުމުގެ ގުޅުން މިހާރު އޮތް ހާލަތަށް ބަލާއިރު، މާލީ ވަޒީރުގެ މި ދަތުރުން މާ ބޮޑު އޮއްޓަރެއް ހާސިލުކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި
ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
ޗައިނާގެ މަޝްވަރާތައް ވަރަށް ބިނާކުރަނިވި: ބްލިންކެން
ހީރޯޝީމާ ސަމިޓް: ހުޅަނގާއި އިރުމަތީގެ ކޯޅުމެއް
ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް
އެމެރިކާގެ ވެރިން ތައިވާންގެ ރައީސް ބައްދަލުކުރައްވަނީ
ޗައިނާ އިއްތިހާދުގައި ސައޫދީ ބައިވެރިވާނެ
އެކަތައިގެ ފާރަކަށް ޗައިނާގެ އަސްކަރިއްޔާ ހަދާނަން
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ