07 އޯގަސްޓް 2022
ބައިނަލްއަގުވާމީ މުހިންމު ދާއިރާތަކުން އެމެރިކާއާއެކު ކުރިން ކުރަމުން އައި މުވާސަލާތުކުރުން ޗައިނާ އިން ހުއްޓައިލުމާ ގުޅިގެން، އެމެރިކާ އިން ރުޅިގަދަވެ ނުރުހުން ފާޅުކޮށްފި އެވެ.
ބައިނަލްއަގުވާމީ މުހިންމު ދާއިރާތަކުން އެމެރިކާއާއެކު ކުރިން ކުރަމުން އައި މުވާސަލާތުކުރުން ޗައިނާ އިން ހުއްޓައިލުމާ ގުޅިގެން، އެމެރިކާ އިން ރުޅިގަދަވެ ނުރުހުން ފާޅުކޮށްފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ވިދާޅުވީ އެމެރިކާއާ އެކު ކުރިން މުވާސަލާތުކުރަމުން އައި މުހިންމު ދާއިރާތަކާ ގުޅޭ ގޮތުން ޗައިނާއިން މުވާސަލާތުކުރުން ހުއްޓައިލުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ތައިވާންގެ މައްސަލައިގައި ޗައިނާ އިން މިހާރު ކަންތައް ކުރަމުންދާ ގޮތުން ދޭހަވަނީ، ސުލްހަވެރި ގޮތުގައި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ބާރުގެ ބޭނުންކުރުމަށް ޗައިނާގެ މިސްރާބު ބަދަލުކޮށްފައިވާކަން ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
Missile launches by a Chinese ship during exercises near Taiwan this afternoon.#Taiwan #China pic.twitter.com/R32wkDut5q
— 301 Military (@301military) August 4, 2022
އޭނާ މި މޭރުމުން ޗައިނާއަށް ފާޑުވިދާޅުވީ، ތައިވާނަށް ހަމަލާ ދޭން ޖެހިއްޖެ ހާލަތުގައި އެކަން ކުރާނެ ގޮތުގެ ނަމޫނާ ތަމްރީންތަކެއް، ޗައިނާގެ އެއްގަމު ސިފައިންނާއި ކަނޑުގެ ސިފައިން ބައިވެރިވެގެން، މިދިޔަ ހުކުރު ދުވަހު ބާއްވާފައި ވަނިކޮށެވެ. ތައިވާންގެ ވަށައިގެންވާ ކަނޑާއި ވައިގެ ސަރަހައްދުގައި ޗައިނާ އިން އަސްކަރީ ތަމްރީންތަކެއް ފެށީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޗައިނާގެ އަސްކަރިއްޔާ އިން މިހާތަނަށް ބާއްވާ އެންމެ ބިޔަ އަސްކަރީ ފަރިތަކުރުންތައް ތައިވާންގެ ވަށައިގެންވާ ސަރަހައްދުގައި މި ފެށީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް ނެންސީ ޕެލޯސީ، ތައިވާނަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން އެކަމަށް ދެކޮޅު ހެދުމުގެ ގޮތުންނެވެ. މިމަހުގެ 2، 3 ގައި ތައިވާންގައި މަޑުކުރައްވައި، ނެންސީ ވަނީ ތައިވާނަކީ ޗައިނާގެ ބިމެއް ކަމަށް ޗައިނާ އިން ބުނާ ބުނުމަށް ގޮންޖައްސަވައިފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން
ޗައިނާ އިން ދެކޮޅު ހަދަމުން ދަނިކޮށް، ނެންސީ ތައިވާނަށް ވަޑައިގަތުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޗައިނާއިން ވަނީ އެމެރިކާއާ އެކު ކުރަމުން އައި ބައެއް މުއާމަލާތްތައް ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި ދިފާއީ ކަންކަމާއި، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޖަރީމާތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އެމެރިކާއާ އެކުގައި ކުރަމުން އައި މުއާމަލާތްތައް ޗައިނާ އިން ވަނީ ހުއްޓާލައިފަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވީ އެ ދާއިރާތަކުން އެމެރިކާއާ މުވާސަލާތު ކުރުން ޗައިނާ އިން ހުއްޓައިލުމުން، އެކަމުގެ ގެއްލުން ލިބެނީ ހަމައެކަނި އެމެރިކާއަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ބައިނަލްއަގުވާމީ މުޖްތަމައުގެ މަސްލަހަތާ ގުޅިފައިވާ ދާއިރާތަކަކަށް ވާތީ، އެ ދާއިރާތަކުން އެމެރިކާއާ މުވާސަލާތު ކުރުން ހުއްޓައިލުމުން، މުޅި ދުނިޔެއަށް ވެސް އެކަމުގެ ގެއްލުން ކުރިމަތިވާނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ.
އޭގެ ތެރެއިން ވެސް އެމެރިކާ އެންމެ ބޮޑަށް ކަންބޮޑުވަނީ އަސްކަރީ ދާއިރާ އިން ޗައިނާ އިން އެމެރިކާއާ އެކުގައި ކުރަމުން އައި މުއާމަލާތުތައް ހުއްޓައިލުމުންނެވެ. ދެ ގައުމުން ހިންގާ އަސްކަރީ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ބަދަލުކުރުމަށް، ގާއިމުކޮށްފައިވާ އަސްކަރީ ޗެނަލުން މުވާސަލާތުކުރުން ޗައިނާ އިން ހުއްޓައިލުމަކީ، ހަތިޔާރުގެ ކުރިމަތިލުމަކަށް މަގުފަހިކޮށްފާނެ ކަމެކެވެ.
ޗައިނާގެ އަސްކަރީ ތަމްރީންތައް ތައިވާން ކައިރީގައި
ތައިވާނާ މެދު އޮތް ދެނެގަތުން ޗައިނާ ދޫކޮށްލައިފި
އެމެރިކާގެ މަނަވަރުތައް ތައިވާން ކަނޑުއޮޅި ހުރަސްކޮށްފި
ތައިވާނުން ޗައިނާއަށް: ޖެއްސުން ކުރުން ހުއްޓައިލާ
އަސްކަރީ ފުރައްސާރަ ނުކުރުމަށް ތައިވާނުން ގޮވާލައިފި
މަސްރަހު ފިނިކުރަން އެމެރިކާގެ މާލީ ވަޒީރު ޗައިނާ އަށް
ޗައިނާ އެ ތައްޔާރުވަނީ އަރައިގަންނަން: ތައިވާން
ތައިވާންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީންތަކެއް
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ
ޗައިނާ ކަނޑުގެ ސިފައިން ތަމްރީންތަކެއް ބާއްވައިފި