04 ނޮވެމްބަރ 2020
ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައި ލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް ހޯދައއިގެން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައި ލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް ހޯދައއިގެން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރަން އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި (ޔުނިވާސަލް ޕީރިއަޑިކް ރިވިއު) ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން، ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ، މަރުގެ އަދަބު އުވައިލަން ރާއްޖެ އަށް ގޮވައިލާ ގޮވައިލުންތައް ފާހަގަ ކުރައްވާ ކަމަށާއި ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށެވެ. މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށެވެ.
"ރާއްޖޭގައި މަރުގެ އަދަބު ނައްތައިލަން ގޮވައިލާ ގޮވައިލުންތައް އަޅުގަނޑުމެން ފާހަގަކުރަން. އެހެން ނަމަވެސް ޕާލަމެންޓުން ހަދަން ޖެހޭ ގާނުނުތައް ނުހަދައި، އަދި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި މަރުގެ އަދަބު ނައްތައެއް ނުލެވޭނެ،" އޭޖީ ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުން ނުރަސްމީކޮށް ހުއްޓާލާފައި އޮތް އޮތުުން ދަމަހައްޓަން ސަރުކާރުން ވެފައިވާ ވައުދު ދަމަހައްޓާނެ ކަަމަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ފެށުމަށް ވުރެ މާ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުުމުގައި ބައިވެރިވި ބައެއް ގައުމުތަކުން ވެސް ރާއްޖެ އަށް ގޮވައިލީ މަރުގެ އަދަބު ނައްތައިލުމަށެވެ. އެގޮތަށް ގޮވައިލި ގައުމުތަކުގެ ތެރޭފައި ސްޕެއިނާއި ސްވިޓްޒަލެންޑް ހިމެނެ އެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބައެއް ކުށްތަަކަށް މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް އެ އަދަބު ނުދޭތާ ޒަމާންތަކެއް ވެއްޖެ އެވެ. މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބުނެފައި ވިޔަސް އެ ސަރުކާރުގެ ފަސް އަހަރު ދުވަސް ނިމުނު އިރު އެއްވެސް މީހަކަށް އެ އަދަބެއް ނުދެ އެވެ. ނަމަވެސް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށްޓަކައި މާފުށީ ޖަލުުގައި އެކްޒެކިއުޝަން ޗެމްބަރެއް އޭރުގައި ހެދި އެވެ.
ބުނެދިނީ މަރުގެ އަދަބު ހުއްޓާނުލެވޭނެކަން: އޭޖީ އޮފީސް
ޔޫޕީއާރުގައި ރާއްޖެއަށް ބައެެއްގައުމުތަކުން ތައުރީފުކޮށްފި
ގާނޫނުއަސާސީގައި އަތްނުލައި މިކަން ކުރާނީ ކިހިނެއް؟
ބޮޑު ޚިޔާނާތުގެ މަދަނީ ދައުވާތައް އިިތުރަށް ދިރާސާކުރަނީ
ރާއްޖޭގައި މަރުގެ އަދަބު އުވައެއް ނުލެވޭނެ: އިހުސާން
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
މުސްލިމް ގައިދީންނަށް ލާއިންސާނީ އަނިޔާކޮށްފައި ވެދާނެ
ޕީޖީގެ އުސޫލު ބަަދަލުކުރަަން ޖެހޭ ނަމަ ކުރާނަން: އޭޖީ
އޭޖީގެ ލަފައަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދިއުން
ސަރުކާރުން ނަޝީދަށް ރައްދު ދީފި